ޚަބަރުސިޔާސީ

މޯލްޑިވް ގޭހުގެ ސިލްވަރ ޖުބްލީ: ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް!

މޯލްޑިވް ގޭހުގެ ހިދުމަތަށް 25 އަހަރު ފުރޭތީ އެޑްވާންސްކޮށް ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.

މިޕްރޮގްރާމަކީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ގޭހުގެ ހިދުމަތަށް 25 އަހަރު ފުރޭތީ މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މުއްދަތާ ދެމެދު ”ސީރީޒް އޮފް އިވެންޓްސް“ ނުވަތަ ދުވަހުގެ ކުރިއަށް މަހުން މަހަށް ރާވައިފައިވާ ހަރަކާތްތަކުގެ ތެރެއިން އެއް ޕްރޮގްރާމެވެ.

ގޭހުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދުގެ އިތުރުން އެ ކުންފުނީގެ 17 މުވައްޒަފަކު ވަނީ ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާ ކޮށްފައެވެ. އެގޮތުން“ ޑޮނޭޓް ބްލަޑް، ސޭވް ލައިވްސް“ ގެ ޝިއާރުގެ ދަށުން މި ޕްރޮގްރާމް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ގޭހުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިން ރޭވިފައިވާ ހަރަކާތްތަކުގެ ތެރެއިން މި އަހަރު ފެށުމުގެ ގޮތުން އެ ކުންފުނީގެ މެނޭޖުމަންޓާއި މުވައްޒަފުން ގުޅިގެން ވަނީ ގޭގެއަށް ގޭސް ފުޅި ޑެލިވަރީ ކުރުމުގެ ހާއްސަ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. އަދި އެ ހަރަކާތުގެ ތެރެއިން ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށާއި މުވައްޒަފުންނަށް ދިމާވާ ދަތިތައް ދެނެގަނެ، ޑެލިވަރީގެ ހިދުމަތް ޒަމާނާއެއްގޮތަށް ތަރުތީބު ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ މިހާރު ފަށާފައެވެ.

މޯލްޑިވް ގޭހަކީ މެދުކެނޑުމެއްނެތި އާންމުންނަށް ހެޔޮ އަގެއްގައި ގޭސް ފޯރުކޮށްދޭތާ 24 އަހަރުވެފައިވާ ސަރުކާރުގެ ކާމިޔާބު ކުންފުންޏެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button