ޚަބަރުސިޔާސީ

ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ނޮޅިވަރަންފަރަށް!

މި ފަސް އަހަރުދުވަހަށް ބަހާލައިގެން 40،000 ހައުސިންގ ޔުނިޓް ގާއިމުކުރާއިރު، އޭގެ ތެރޭގައި ހިމެނިގެން ރަނގަޅު ފެންވަރުގެ ހައުސިންގ މަޝްރޫޢެއް ހދ.ނޮޅިވަރަންފަރުގައި ހިންގާނެކަމުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ނޮޅިވަރަންފަރުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ނޮޅިވަރަންފަރަކީ އާބާދީ އެއްފަސްކުރުމުގައި މެދުރާސްތާ އަދި ދުރުރާސްތާގެ ޕްލޭނުގައިވެސް މުހިންމު ރަށެއްކަމުގައި ވިދާޅުވިއެވެ. އަދި އެރަށުގެ ބަނދަރު ބޮޑުކޮށް ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ބަދަލުގެންނަވާނެކަމަށާއި، ޞިއްޙީ ފަރުވާދެވޭ ނިޒާމު ހަރުދަނާކޮށް ކޮންމެހެން ތިބެންޖެހޭނެ ދާއިރާތަކުގެ ޑޮކްޓަރުން އިތުރުކުރުމާއި، ހަދަންޖެހޭ ގިނަ ޓެސްޓުތައް ހެދޭ ރަނގަޅު ފެންވަރުގެ ލެބޯޓްރީގެ ޚިދުމަތްދެވޭ ތަނަކަށް ރަށުގެ ޞިއްޙީ މަރުކަޒު ހެދުމަކީ ވަރަށް އިސްކަމެއްދެއްވާނެ ކަންތައްތައް ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މަލްޓިޕަރޕަސް ހޯލާއި ބޭނުންވާ އެހެން ވަސީލަތްތަކާއެކު މުޅިން އައު ސްކޫލެއް ބިނާކޮށްދެއްވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރޭގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އިޤުތިޞާދު މެނޭޖުކުރަމުންވެސް އެމަނިކުފާނު ނޮޅިވަރަންފަރަށް ވަޢުދުވެވަޑައިގެންނެވި ހުރިހާކަމެއް ކުރިއަށްގެންދަވާނެކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button