ޚަބަރު

ރާއްޖޭގައި ފާހިޝް ޢަމަލުތައް އާންމުވަމުން ދާއިރު ސަރުކާރު ފެންނަނީ ކުޅިބަލާ މީހެއްގެ ސިފައިގައި: އުމަރު

ދިވެހިރާއްޖޭގައި ފާހިޝް ޢަމަލުތައް ގިނަވުމުގެ ސަބަބުން ބަލިތައް ފެތުރުމާއި ރޭޕް ގިނަވުމާއި، ހަށިވިއްކުމާއި، ކުޑަކުދިންނާއި މެދު ބަދު އަޚުލާގީ ޢަމަލު ހިންގުން ފަދަ ކަންކަން އާންމުވެ، މި ހުރިހާ ކަމެއް ފެންނަމުންދާއިރު، ސަރުކާރު ފެންނަނީ ކުޅިބަލާ މީހެއްގެ ސިފައިގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

ޢުމަރުގެ ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލިވާތު ކުރުމަކީ ބޮޑުކަމެއް ނޫން ކަމަށް ދައްކާ، ރާއްޖޭގައި LGBT ފެތުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.

އަދި މި މަސައްކަތުގައި، ރާއްޖޭގައި އެފަދަ އޮފީސް ޤާއިމް ކޮށްގެން ތިބެ މަސައްކަތްކުރާ ބައިނަލް އަޤްވާމީ ޖަމާއަތްތަކާ ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ ޖަމާއަތްތައްވެސް ހިމެނޭކަމަށް ޢުމަރު ތުހުމަތު ކުރައްވާފައިވެއެވެ.

މިއާއިއެކު ޢުމަރު ވިދާޅުވީ ރާއްޖޭގައި ޤާއިމް ކޮށްފައި ހުންނަ އޮފީހަކުން ނުވަތަ އެ އޮފީހުގައި ހުންނަ ފަރާތަކުން މިފަދަ ކަމަކަށް ހިތްވަރު ދީފިނަމަ އެ އޮފީހެއް ބަންދު ކުރަން ވާނެކަމަށާއި، އެ މީހަކު ފޮނުވާލަންވާނެ ކަމަށެވެ.

އަދި ކޮންމެ ޤައުމެއްގައި ވެސް އެ ޤައުމަކުން ޤަބޫލުކުރާ ދީނީ އަދި އަޚުލާގީ މިންގަޑުތަކެއް ހުންނާނެކަމަށާއި، އެމިންގަޑުތައް ދިފާޢު ކޮށް، އެ މިންގަޑުތައް ދެމެހެއްޓުމަކީ އެ ޤައުމަކުން ކުރަން ޖެހޭނެ ކަމެއް ކަމަށްވެސް ޢުމަރު ވަނީ ވިދާޅުވެފައެވެ.
ޢުމަރު އިތުރަށް ވިދާޅުވީ އެފަދަ ޢަމަލަކީ ’ޝާހީ‘ އާއިލާ އަކުން ކުރި ޢަމަލެއް ކަމުގައި ވީނަމަވެސް އެބަޔަކު ހައްޔަރު ކޮށް ފަޑިޔާރެއްގެ ކުރިމައްޗަށް ގެންނަން ވާނެކަމަށެވެ.
ޢުމަރު މިފަދައިން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ޤާނޫނީ ވަކީލު ނާޒިމް ސައްތާރު ބިދޭސީ ޒުވާނަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާއަށް އާންމުވެފައިވަނިކޮށެވެ.
ނާޒިމްގެ އިތުރަށް ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަޞީރު އެއް ޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ދެ ވީޑިއޯއަކާއި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމު އަންހެނަކާއި ފިރިހެނަކާއެކު ބަރަހަނާ ހާލުގައި އޮއްވައި ނަގާފައިވާ ފޮޓޯއެއް މީޑިއާއަށްވަނީ ފެތުރިފައެވެ.
މިކަންކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ސަބަަބާއި ގުޅިގެން ނޫސްވެރިން ކުރިމަތިކުރުވި ސުވާލުތަކުގެ ޖަވާބުގައި ފުލުހުން ބުނެފައިވަނީ އެފަރާތްތައް ހައްޔަރުކުރާނެ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button