އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓުންނާއި ޕާޓީގެ ރައީސާއި ޗެއަރޕާސަން ބައްދަލު ކުރައްވައިފިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓުންނާއި ޕާޓީގެ ރައީސް، އިބްރާހީމް ސާލިހާއި، ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ބައްދަލު ކުރައްވައިފިއެވެ.
އެމްޑީޕީގެ ރަސްމީ އެކްސް ހެނޑްލް، އެމްޑީޕީ ސެކްރެޓޭރިއެޓް، އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިކަން ހާމަކުރައްވާ މި ބައްދަލުވުމުގެ ބައެއް ފޮޓޯ ވަނީ ހިއްސާ ކުރައްވާފައެވެ.