ގދ. ވާދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ފަޅާލައިފިއެވެ.
ވާދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ފަޅާލާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދީފި ނަމަ ލާރި ދޭނެކަމަށް އެރަށު ފެނަކައިން ބުނި ނަމަވެސް އެ ލާރި ނުދިނުމުންނެވެ.
ފުލުހުން ބުނީ ވާދޫގައި ވޯޓުލާން ދިޔަ މީހަކު ވޯޓު ފޮށި ފަޅައިލާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމަށާއި އެ މައްސަލައިގައި ހިމެނޭ މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މިއީ އެމްޑީޕީ ޕްރައިމަރީގައިވެސް މީގެ ކުރިން ހިނގާފައިވާ ކަންކަމެވެ.