
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ދެ މެމްބަރެއް ކަމަށްވާ މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް (މަވޯޓާ) އާއި ފޭދޫ ދާއިރާގެ މުހައްމަދު ނިހާދަށް ހަމާލާ ދީފި އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ގުޅޭ މަސައްކަތުގައި އުޅުއްވަނިކޮށް ވޯޓު ގަތުމުގެ ކަންކަން ކުރާ ކަމަށް ތުހުމަތުކޮށް ޝަރީފަށް ހަމަލާ ދިނީ މާލޭގައި ހުންނަ މެންހަޓަން ހޮޓަލުގައި އިންތިހާބާ ގުޅޭގޮތުން މަރަދޫ ދާއިރާގެ ބޭފުޅުންތަކެއް މަސައްކަތުގައި ތިއްބަވަނިކޮށް، ގޭންގަކުން ވަދެއެވެ.
ނިހާދަށް ހަމަލާދިނީ އައްޑު ސިޓީ ފޭދޫގައި ހުންނަވަނިކޮށެވެ. ނިހާދަށް ދިން ހަމަލާގެ މާބޮޑު ތަފްސީލެއް ލިބިފައިނުވި ނަމަވެސް އޭނާއަށް ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާދީފައިވެއެވެ.