ޚަބަރުސިޔާސީ

ހަރަދުތައް ކުޑަކޮށް އަހަރުގެ ފުރަތަމަ މަސް ނިމުނުއިރު، ދައުލަތަށް ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް!

ހަރަދުތައް ކުޑަކޮށް މިމަހުގެ ފުރަތަމަ ހަފްތާގައި އެކަނި ދައުލަތަށް ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ވައްދައިފިއެވެ.

ފިނޭންސް މިނިސްޓަރީގެ ”ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް“ ނުވަތަ ހަފްތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދު ތަފްސީލުން ދައްކާގޮތުގައި ފެބުރުއަރީ މަހުގެ 1 ގެ ނިޔަލަށް ދައުލަތަށް ލިބުނީ 3،553.3 ނުވަތަ 3.6 ބިލިއަން ރުފިޔާއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހަރަދުކޮށްފައިވަނީ 2،968.3 ނުވަތަ 3 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން ލިބުނު އާމްދަނީ އާއި ހަރަދާ އަޅާބަލާއިރު، ސަރުކާރުން  585 މިލިއަން ނުވަތަ ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ބާކީކޮށްފައެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ 91 އިން ސައްތައަކީ ޓެކްސް އެވެ. އަދި ހަރަދުގެ 85 އިން ސައްތައަކީ ރިކަރަންޓު ހަރަދު ނުވަތަ މުސާރައާއި އޮފީސް ހިންގުމުގެ ހަރަދެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އެމުއްދަތުގެ ރިކަރަންޓް ހަރަދަށް 3 ބިލިއަން އަރާފައިވާއިރު، މިއަހަރުގެ އެ މުއްދަތުގެ ރިކަރަންޓު ހަރަދަށް ހިނގީ 2.5 ބިލިއަން ރުފިޔާއެވެ. އެކަމަކު މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު އެ މުއްދަތާ އަޅާބަލާއިރު މިފަހަރުވީ އިތުރެވެ. އެއީ 953 މިލިއަން ރުފިޔާއިން އެއް ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ތަފާތު ހިސާބު ދައްކާގޮތުން ސަރުކާރުގެ އިދާރީ ހިންގުމުގެ ހަރަދު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button