ޚަބަރުސިޔާސީ

ފައިސާއަށް އައިޑީކާޑު އަތުލާ، ސިޔާމްގެ ބާރު ހިނގާ ތަންތަނަށް ރީ ރަޖިސްޓަރީ ކުރި ކަމުގެ ތުހުމަތު!

މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު އިތުރަށް ހޯދުމުގެ ގޮތުން އައިޑީކާޑު އަތުލުމަށްފަހު އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކަމުގައިވާ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދުގެ ރިސޯޓުތަކާއި، އޭނާގެ ބާރު ހިނގާ ތަންތަނަށް ރީ ރަޖިސްޓާ ކުރިކަމުގެ މައުލޫމާތު ”ބޮންތި“ އަށް ލިބިއްޖެއެވެ.

އެނގިފައިވާގޮތުގައި 5,000 ރުފިޔާ ދިނުމަށްފަހު އައިޑީ ކާޑު އަތުލައި، ރީ ރަޖިސްޓަރީ ކުރުމަށްފަހު ވޯޓު ލާދުވަހު އެމީހުން ރަޖިސްޓަރީ ކޮށްފައިވާ ތަނަކަށް ގެންދަނީއެވެ. އައިޑީކާޑުތައް ފޮނުވަނީ އެ ފޮއްޓަކާ ހަވާލުވެ ހުންނަ ސަރުކާރުގެ އެޖެންޓަށެވެ. އަދި ވޯޓުލާން ދިއުމުން އައިޑީކާޑު ދިނުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުލާފައި އައުމުން އިތުރު 5,000 ރުފިޔާ ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީން ގިނަ އަދަދެއްގެ އައިޑީކާޑުތައް ގަންނަމުންދާކަމުގެ ޝަކުވާ އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 25,000 ރުފިޔާގެ މަގުން އައިޑީކާޑު ގަނެފައިވެއެވެ. އެކަމަކު އެޕާޓީން ވަނީ އެކަން ދޮގު ކޮށްފައެވެ. އެމްޑީޕީން އެކަން ދޮގު ކުރި ފަހުންވެސް މާލޭގެ މައްޗަންގޮޅި ދެކުނު ދާއިރާގައި ހުންނަ ޕީޓްރަލްގޭ ސަރަހައްދުން އެމްޑީޕީ އެކްޓިވިސްޓަކު އައިޑީ ކާޑު ވިއްކުމުގެ މުއާމަލާތެއްގައި އުޅެނިކޮށް އާންމުން ވަނީ އަތުލައިގެންފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button