ޚަބަރުދުނިޔެސިޔާސީ

ކޯލިޝަންގެ ބައިވެރިޔާ އިދިކޮޅާ ގުޅުމުން ބީޖޭޕީއަށް މުހިންމު ސްޓޭޓެއް ގެއްލިއްޖެ

އިންޑިއާގައި ތިން ވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ބިހާރު ސްޓޭޓް ކޮންޓްރޯލް ކުރާ ސަރަހައްދީ ޕާޓީ އިދިކޮޅާ ގުޅުމުން އެގައުމުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ބަހާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް އެ ސަރަހައްދުގެ ކޮންޓްރޯލް ގެއްލިއްޖެ އެވެ.

ބިހާރަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ހަތަރު ވަނައަށް އެންމެ މެންބަރުން ގިނަ ސްޓޭޓެވެ.

ބިހާރު ކޯލިޝަން ރޫޅިފައި މި ވަނީ 2024ގެ އާންމު އިންތިހާބު ބޯމަތީގައި އޮއްވައެވެ. ބިހާރުގެ ޗީފް މިނިސްޓަރަކީ ނިޓިޝް ކުމާރެވެ. އޭނާއަކީ ސަރަހައްދީ ޖަނަތަ ދާލް (ޔުނައިޓެޑް) ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ނިޓިޝް ވިދާޅުވީ ބީޖޭޕީ ކޯލިޝަނުން އެ ޕާޓީ ވަކިވާން ޖެހުނީ އޭނާގެ އަރިސް ބޭފުޅުންގެ މަތިން ކަމުގައެވެ.

”ބީޖޭޕީން އަންނަނީ އަޅުގަނޑުމެންގެ ޕާޓީގެ ބާރުތައް ކަނޑުވާލަން މަސައްކަތް ކުރަމުން.“ ނިޓިޝް ވިދާޅުވިއެވެ.

ނިޓިޝްގެ މިވާހަކަތައް ބީޖޭޕީއިން ދޮގު ކުރާއިރު، ނިޓިޝް ވިދާޅުވީ އޭނާގެ އާ ބައިވެރިއަކީ ސަރަހައްދީ ރަޝްތިރިޔާ ޖަނަތާ ދާލް ކަމުގައެވެ. އަދި ވަރަށް އަވަހަށް ބިހާރުގެ ސަރުކާރު އެކުލަވާލައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީޖޭޕީން ބުނިގޮތުގައި ނިޓިޝް ކުމާރު ވަނީ އެ ޕާޓީއަށާއި ރައްޔިތުންނަށް ގައްދާރު ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button