ޚަބަރުސިޔާސީ

އެެއްވެ އުޅުން ހަނިކުރާ މާއްދާ އުވާލަން އެޗްއާރްސީއެމުން ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެއްވެ އުޅުމާ ބެހޭ ގާނޫނަށް ގެނެސްފައިވާ، އާންމު ތަންތަނުގައި އެއްވުންތައް ބޭއްވުން މަނާކޮށްފައިވާ މާއްދާ އަދިވެސް އުވާނުލާ އޮތުމުން އެކަމާ މެދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ކަންބޮޑުވެ އެ މާއްދާ އުވާލަން ގޮވާލައިފިއެވެ.

އެޗްއާރުސީއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އެ އިސްލާހާއެކު އެ ހައްގު ހަނިކޮށްފައިވާ ހަނިކުރުމަކީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ލިބިދޭ އެއްވެ އުުޅުމުގެ މިނިވަންކަމުގެ ހައްގާއި ރާއްޖެއިން ސޮއިކޮށް ތަސްދީގުކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ (އައިސީސީޕީއާރު) އަދި ބައިނަލްއަގްވާމީ މިންގަަނޑުތަކާ ވެސް ފުށޫއަރާ ކަމެއް ކަމަށެވެ.

އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރާ އިސްލާހު އުވައިލުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ދިރާސާކުރަމުން އަންނައިރު، އެޗްއާރުސީއެމްއިން ބުނީ އެ ބިލުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދި މިދިޔަ މަހުގެ 14ގައި އެ ކޮމިޝަނުން މަޖިލީހަށް ހުށަހެޅި ކަމަށް ވެސް އެ ނޫސް ބަޔާނުގައި ވެއެވެ.

އޭގެއިތުރުން އެޗްއާރުސީއެމުން ވަނީ މަޖިލީހުގައި ދިރާސާކުރަމުންދާ އެ އިސްލާހު އުވާލުމާ ބެހޭ ބިލުގެ މަސައްކަތް ވީހާ ވެސް އަވަސް ކުރުމަށް ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button