ޚަބަރުސިޔާސީ

މަޖިލިސް އިންތިހާބު ރޯދަމަހު ނުބޭއްވޭގޮތް ހަދައިފި

ސަރުކާރުން ބޭނުންވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މާޗު މަހުގެ 17 ނުވަތަ ރޯދަމަހުގެ 7ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމާފައިވާ މައްސަލާގައި، މަޖިލީހުން އިންތިހާބު ފަސްކުރުމަށް ފާސްކުރުމުން، ރައީސް ޑރ.މުހައްމަދު މުއިއްޒު އެއަށް އަމަލު ނުކުރައްވައި ބިލު އަނބުރާ ފޮނުއްވުމުން ދެވަނަ ފަހަރަށް އެ އިސްލާހު ފާސްކޮށް، އިންތިހާބު ފަސްކޮށްފިއެވެ.

ގާނޫނުގައިވާ ގޮތުން މަޖިލީހުން ބިލެއް ފާސްކުރުމަށްފަހު ރައީސް އެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވައިފި ހާލަތެއްގައި، މަޖިލީހުގެ އަޣުލަބިއްޔަތުން އެ ބިލު އޮތް ގޮތަށް ދެވަނަ ފަހަރަށް ފާސްކޮށްފިނަމަ، ރައީސް އެ ބިލު ތަސްދީގުކު ރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވަން ޖެހެއެވެ. އެއީ ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައި އޮންނަ ގޮތެވެ.

މިއަދުގެ ޖަލްސާގައި ބިލާ އެއްކޮޅަށް ވޯޓު ދެއްވީ 47 މެންބަރުންނެވެ. 14 މެންބަރަކު ވޯޓު ދެއްވީ ބިލު ފާސްކުރުމާ ދެކޮޅަށެވެ. މަޖިލީހުން މިއަދު އެގޮތަށް ފާސްވުމާ ގުޅިގެން ދެން އިންތިހާބު އޮންނާނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުންނެވެ. އެއީ އެޕްރީލް މަހުގެ 20ވަނަ ދުވަހެވެ.

ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބު ނުބާއްވައިފިނަމަ، އިތުރު ހަރަދުތަކެއް ހިނގާނެކަން އީސީން މީގެ ކުރިން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button