ޚަބަރުސިޔާސީ

އައިސް ޕްލާންޓުގެ މަސައްކަތް ތިން މަސް ތެރޭ ނިންމާލެވޭނެ: ޝިޔާމް

ށ. ފުނަދޫ އައިސް ޕްލާންޓުގެ މަސައްކަތް ތިން މަސް ތެރޭ ނިންމާލެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުނަދޫއަށް ކުރެއްވި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ފުނަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެ ރަށުގައި ހިންގަން ހަމަޖެހިފައިވާ ޕްރޮޖެކްޓު ތަކާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވިއެވެ.

 

ޝިޔާމް ވިދާޅުވީ، ފުނަދޫގެ މަސްވެރިން އައިސް ޕްލާންޓަކަށް ބޭނުންވެފައިވާ މިންވަރު ހާމަވާކަމަށެވެ. އަދި، ފުނަދޫ މަސްވެރިންގެ އުންމީދުތަކާ އެއްގޮތަށް އެ ރަށުގައި އައިސް ޕްލާންޓެއް އެޅުމުގެ މަސައްކަތް ރޯދަމަސް ނިމުމުން ފައްޓަވާދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

 

އޭގެ އިތުރުން، ފެށޭ ހަފުތާގައި ފުނަދޫ ކައިރީގައި ވަދު ފަށްޗެއް އަޅާ، ފަރުމަސްވެރިކަން އިތުރަށް ތަރައްގީކުރަން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button