ޚަބަރުސިޔާސީ

ރަސްމީ ދަތުރުފުޅުތަކުގެ ހަރަދު އަމިއްލަ އިސްނެގުމަށް ހާމަކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދު އަމިއްލަ އިސްނެންގެވުމަށް ހާމަކޮށް މި ސަރުކާރުން ތަފާތު ދައްކައިފިއެވެ.

ރައީސް ޑރ. މުއިއްޒު ތުރުކީއާއި ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 3.4 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ލިބިފައެވެ.

ކޮޕް-28ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ދުބާއީއަށް ކުރެއްވި ދަތުރުފުޅަށް ޚަރަދުވެފައިވަނީ 775،232.71 ރުފިޔާ އެވެ. އަދި ތުރުކީ ދަތުރުފުޅަށް ޚަރަދުކުރެވިފައި ވަނީ 259،376.80 ރުފިޔާއެވެ.

ތުރުކީގައި ރައީސްގެ ވަފުދުގެ ބޭފުޅުންނަށް ހުރުމާއި ކެއުން އަދި އެތެރޭގެ ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖައްސަވައި ދެއްވީ އެ ގައުމުގެ ސަރުކާރުންނެވެ. އިސްތަންބުލް-އަންކާރާ-އިސްތަންބުލްގެ ފްލައިޓް ދަތުރު ހަމަޖައްސައި ދެއްވީ ވެސް ތުރުކީ ސަރުކާރުން ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދެއްވާފައެވެ.

މި ދެ ދަތުރުފުޅުގެ ޓިކެޓަށް ޖުމްލަ 2،454،555.60 ރުފިޔާ ޚަރަދުވެފައި ވާއިރު ތުރުކީ ދަތުރުގެ ޚަރަދަށް 259،376.80 ރުފިޔާ، ދުބާއީ ދަތުރު ޚަރަދަށް 775،232.71 ރުފިޔާ ހިމެނޭހެން މުޅި ޖުމްލަ ޚަރަދަށް 3،489،165.12 ރުފިޔާ ވަނީ ޚަރަދުވެފައެވެ.

ދުބާއީ ދަތުރުގެ ޚަރަދު ތަފްސީލަށް ބަލާއިރު:

  •  ޕޮކެޓްމަނީގެ ގޮތުގައި (19 ބޭފުޅުން) – 182،546 ރުފިޔާ
  •  ފަރިއްކޮޅުގެ ހަރަދު (19 ބޭފުޅުން) – 145،944.76 ރުފިޔާ
  •  އެތެރޭގެ ދަތުރުގެ ހަރަދު – 75،488.38 ރުފިޔާ
  •  އެކޮމޮޑޭޝަން ހަރަދު – (ނުވަ ބޭފުޅުން) – 168،892.06 ރުފިޔާ
  •  ސިމްކާޑު ހަރަދު – 26،412.59 ރުފިޔާ
  •  ދުބާއީ ގައި ދިވެހީންނާއި ބައްދަލު ކުރުން – 155،182.21 ރުފިޔާ
  •  އިންސިޑެންޓަލް ހަރަދު – 20،766.72 ރުފިޔާ

މާލެ-ތުރުކީ ދުބާއީ-މާލެ ދަތުރުފުޅަށް ފަސްޓް ކްލާހުން ހަތަރު ޓިކެޓް، ބިޒްނަސް ކްލާހުން 12 ޓިކެޓް އަދި އިކޮނޮމީ ކްލާހުން 12 ޓިކެޓް ނަގާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ލިބިފައެވެ. އޭގެ އިތުރުން ރައީސްގެ އަރިހުގައި ވަޑައިގެންނެވި 22 ބޭފުޅުންގެ ޕޮކެޓްމަނީގެ ގޮތުގައި 217،828 ރުފިޔާއާއި، އިންސިޑެންޓަލް ޚަރަދުގެ ގޮތުގައި 41،548.80 ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. މި ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު:

  • ފަސްޓް ކްލާހުގެ ހަތަރު ޓިކެޓް – 683،229.36 ރުފިޔާ
  • ބިޒްނަސް ކްލާހުގެ 12 ޓިކެޓް – 1،539،239.82 ރުފިޔާ
  • އިކޮނޮމީ ކްލާހުގެ 12 ޓިކެޓް – 232،086.42 ރުފިޔާ
  • ޓިކެޓްގެ މުޅި ޖުމްލަ – 2،454،555.60 ރުފިޔާ

ރައީސް ޑރ.މުއިއްޒުއާއެކު ދުބާއީ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތް 10 ބޭފުޅުންނަށް ހުރުމާއި ކެއުން ހަމަޖައްސައިދެއްވީ އެޤައުމުގެ ސަރުކާރުންނެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ރައީސްގެ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުތަކުގެ ތަފްސީލް ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާނެއެވެ. އެއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ހާމަ ކުރައްވާފައިވާ ކަމެއް ނޫނެވެ. އަދި ނަތީޖާއެއްގެ ގޮތުން ކޮރަޕްޝަނަށް މަގުފަހިވެ ދައުލަތުގެ ބަޖެޓުން ނޭދެވޭ ޚަރަދުތައް ވަނީ ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button