ޚަބަރު

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަނީ

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްއޮތް ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ މި ސަރުކާރުގެ އެންމެ މުހިއްމު މަސައްކަތުގެ ތެރޭގައި ހިމެނޭ މާލޭ ކޮމާޝަލް ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތް ދުވަހު ފަށާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވިޔަފާރި ބަނދަރު ބަދަލުކުރަން ނިންމާފައިވަނީ ގުޅީފަޅަށެވެ. ނަމަވެސް މި ސަރުކާރުގެ ވިސްނުން ހުރީ ކޮމާޝަލް ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށެވެ.

ވަޖީހު ވިދާޅުވީ އެކަމާގުޅޭ ޑިޒައިންތަކާއި ޕްލޭންތައް ހަދާ ނިމިފައިވާ ކަމަށެވެ. ބިން ވެސް ކަނޑައަޅައި ކޮންޓްރެކްޓަރެއް ވެސް ހޮވާފައިވާ ކަމަށް ދައުލަތުގެ މީޑިއާއަށް ވަނީ މައުލޫމާތު ދެއްވާފައެވެ.

“ޓާގެޓަކީ ކުރިއަށްއޮތް ތިން މަސްދުވަހުގެ ތެރޭގައި ޕޯޓުގެ މަސައްކަތް ފެށުން“ އެމްޕީއެލްގެ ސީއީއޯ ވިދާޅުވި ގޮތުގައި ކަނޑުމަގުން ރާއްޖެ އަންނަ ހުރިހާ ކާގޯއެއް އަންނަނީ މާލެއަށް ކަމަށްވާތީވެ ޖާގައިގެ މައްސަލަ ވަނީ ވިޔަފާރި ބަނދަރަށް ދިމާވެފައެވެ.

ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރެވިގެން ދިޔުމުން އެކަމަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button