ޚަބަރުސިޔާސީ

ފުލުހުންގެ މުސާރަ ބޮޑު ކުރަން ނިންމައިފި

2024 މާރިޗު 1ވަނަ ދުވަހުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑު ކުރަން ނިންމައިފިއެވެ.

އޮފީސް އޮފް ދި ކޮމިޝަނާގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ މާޗު މަހުގެ 1ވަނަ ދުވަހުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑުކުރެވޭނެކަން ފިނޭންސް މިނިސްޓްރީން ފުލުހުންނަށް އަންގާފައިވާކަމަށެވެ.

އޭނާ މިފަދައިން ވިދާޅުވީ ފުލުހުންގެ މުސާރަ ބޮޑު ނުކުރެވޭނެކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ފުލުހުންގެ މުސާރައާ ގުޅިގެން ތަފާތު ވާހަކަތައް ދައުރުވަމުން ދާއިރު ފުލުހުންނާއި ސިފައިންގެ މުސާރައިގެ އޮނިގަނޑު ފޮނުވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ދައުރު ނިމެން އެއް ދުވަހަށް ވެފައި ވަނިކޮށެވެ. އެ ސަރުކާރުން ބުނީ ޖަނަވަރީ މަހުން ފެށިގެން އެ ދެ މުއައްސަސާގެ މުސާރަ ބޮޑު ވާނެކަމަށެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރާނެކަން އަންގާފައިވާއިރު ކަސްޓަމްސް އާއި އިމިގްރޭޝަންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

އިތުރު ކިޔާލުމަށް
Close
Back to top button