ޚަބަރު

ރިނިއުވަބަލް އެނާޖީ ހައިބްރިޑް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ފަސް ރަށެއްގައި ރިނިއުވަބަލް އެނާޖީ ހައިބްރިޑް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ސްޓެލްކޯއިން އިއުލާނުކޮށްފިއެވެ.

ހައިބްރިޑް ސިސްޓަމްތައް ގާއިމުކުރަން އިއުލާނު ކޮށްފައިވަނީ ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފަސް ރަށެއްގައެވެ. އެއީ ކ. ގުރައިދޫ، އއ. ފެރިދޫ، އއ. މާޅޮސް، އދ. ހަންޏާމީދޫ އަދި ވ. ފެލިދޫއެވެ.

ސްޓެލްކޯއިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެ ރަށްތަކުގައި ހައިބްރިޑް އެނާޖީ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ހުޅުވާލާފައެވެ. އިއުލާނުގައި ވާގޮތުން ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހި ކުންފުނިތަކަށް އެކަންޏެވެ.

ސްޓެލްކޯއިން ބުނީ ޕްރޮޕޯސަލްތަކުގެ ތެރެއިން ޓެކްނިކަލް ގޮތުން ހޮވޭ ޕްރޮޕޯސަލްތައް ކަނޑައަޅައި، އެފަރާތްތަކަށް ފައިނޭންޝަލް ޕްރޮޕޯސަލް ހުށައެޅުމަށް ފަހުން ދައުވަތު ދޭނެ ކަމަށެވެ.

އިއުލާނުގައި ވާގޮތުން އެ މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000ރ. ނުވަތަ އެއަގަށްވާ އެމެރިކާ ޑޮލަރު ހުށަހަޅަން ޖެހެއެވެ. އަދި ބިޑް ކާމިޔާބު ކުރާ ފަރާތުން ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅާ އަގު ވެސް އަދާކުރަންޖެހޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button