
މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުގެ ވެރިފައިކޮށްފައިވާ ވައިބާ ކޮމިއުނިޓީގައި އެތަށް ރައްޔިތުންނެއް މޭޔާރ މުއިއްޒުއަށް ތައުރީފު ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލާއި މުއިއްޒު ހަވާލުވެވަޑައިގަންފަހުން އަންނަނީ ރައްޔިތުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން ރައްޔިތުންގެ އިހުސާސްތަށް އަޑުއަހާ އެކަންކަން ހައްލު ކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރާކަން ފާހަގަ ކޮށްލެވެއެވެ.
މޭޔަރުގެ ވައިބާ ކޮމިއުނިޓީގައި ކޮންމެ ދުވަހަކުވެސް މަލޭގައި ހުރި އެކިއެކި މައްސަލަތަކާއި ދަތިތަކުގެ ވާހަކަ ރައްޔިތުންން އަންނަނީ މޭޔަރާއި ހިއްސާ ކުރަމުންނެވެ. އަދި އެކަންކަމަށް އަވަސް ހައްލެއް ހޯދައިދޭތީ އެކަމާ ރައްޔިތުންނ ވަނީ މޭޔަރަށް ހިތުގެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ.
މޭޔާރު ކަމާއި މުއިއްޒު ހަވާލުވެވަޑައިގަތީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް ރައްޔިތުން އެދޭ އަމާޒަށް ވާސިލުވުމަށް ވައުދު ވެގެންނެވެ.