ޚަބަރު

ތިލަމާލެ ބުރިޖު މަޝްރޫއުގެ ބޭނުމަށް ވިލިމާލޭގައި ފެންސު ޖަހަނީ ސިޓީ ކައުންސިލުން

ތިލަމާލެ ބުރިޖު މަޝްރޫއުގެ ބޭނުމަށް ވިލިމާލޭގައި ފެންސު ޖަހުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިލިމާލޭގައި ފެންސު ޖެހުމުގެ މަސައްކަތް އެ ކައުންސިލުން ކުރިޔަށް ގެންދަނީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމުގައެވެ.

މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ ސަރަހައްދު ހެދުން ފިޔަވައި ސަރުކާރުން އެދުނު ކޮންމެ ކަމެއްގައި މިހާތަނަށް އެއްބާރުލުން ދީފައިވާ ކަން މޭޔަރު ފާހަގަކުރެއްވިއެވެ.

ތިލަމާލެ ބުރިޖު މަޝްރޫއަށް ސިޓީ ކައުންސިލުން ހުރަސް އަޅާކަމަށް ޕްލޭނިންގެ މިނިސްޓްރީއިން ވަނީ ބުނެފައެވެ، އެކަމަކު ސިޓީ ކައުންސިލުން އެކަން ދޮގު ކުރެއެވެ. މިނިސްޓްރީއިން އެހެން ބުނީ މާލޭގެ ސިނާއީ ސަރަހައްދު ބުރިޖު މަޝްރޫއަށް ބޭނުންވާކަމަށް ސިޓީ ކައުންސިލަށް އެންގުމުންވެސް އެތަން ދޫނުކުރި މައްސަލައިގައެވެ. އެކަމަކު އެ ސަރަހައްދު ބޭނުންވާކަމަށް އެދި މިނިސްޓްރީއިން ހުށަހަޅާފައިނުވާކަން ކައުންސިލުން ފާހަގަކުރެއެވެ.

 

One Comment

  1. އިންޑިޔާ ގެ ބަޔަކާ ތިޔަތަން ވެސް ތިހަވާލު ކުރަނީ އަހަރމެންގެ ލޯމަތީގައި ބްރިޖެއް ނިމިގެން އެދިޔައީ!!! ނިމޭ ކޮޅާއި، ފެށޭކޮޅާއި، މެދުގައި އޮތް ރަށްތަކުން ބައެއް ނުނަގާ!! ތިޔަ ބްރިޖް އަޅަން ހުރިހާ ރަށެއްގައި ފެންސް ޖަހާ ތިޔަ ހަދަނީ އެ މީހުން ތިޔަ ތަނުން ނުނިކުންނާނެ!! ތިޔައީ މުސްލިމުންނަށް ހުރި ބިރެއް. އިންޑިޔާ އިސްވެ އޮވެ ހެދި ހުރިހާ ބްރިޖެއް މިއަދާއި ހަމައަށް އޮތީ ވެއްޓިފައި!! އެކަން އެގޭތަ؟؟ ތިޔަ ކަމަށް ގާބިލް ބަޔަކު ހޯދާ!! ތިޔައީ މާސިންގާ ކަނޑެއްގައި އަޅާ އެއްޗެއް!!

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button