ޚަބަރު
ރޯދަ މަހުގެ ރަސްމީ ގަޑި ރައީސް ކަނޑައަޅުއްވައިފި
އަންނަ ރޯދަމަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރޯދަ މަހުގެ އިތުރުން ޝައްވާލުމަހުގެ ފުރަތަމަ 6 ދުވަހުވެސް ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށެވެ.
މި އަހަރުގެ ރޯދަމަސް ފެށެނީ ކަލަންޑަރުގައިވާ ގޮތުން އޭޕްރީލް މަހުގެ ދެވަނަ ދުވަހު އެވެ.