ޚަބަރުސިޔާސީ

3000 ފޯމާއެކު ”ދަ ޑިމޮކްރެޓްސް“ ޕާޓީ ރަޖިސްޓްރީކުރަން ހުށަހަޅައިފި

ފިކުރެއްގެ ދިރުން ހަރަކާތުން ރަޖިސްޓްރީކުރަން މަސައްކަތްކުރާ ”ދަ ޑިމޮކްރެޓްސް“ ޕާޓީ ރަޖިސްޓްރީކުރުމަށް 3000 އަށް ވުރެގިނަ މެންބަރުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.

އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް 3500 ފޯމު ހުށަހަޅާފައިވީ ނަމަވެސް ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހެނީ 3،000 މެންބަރުންގެ ފޯމެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދިނީ މި ޕްރޮސެސްއަށް ކޮންސިޑަރކުރައްވާނީ ބަރާބަރު ސައްޙަ 3000 ފޯމުކަމަށާއި، 3000 ހަމަވުމުން ދެން މިޕްރޮސެސްގެ ބޭނުމަށް ކޮންސިޑަރ ނުކުރައްވާނެކަމަށެވެ.

އަދި 3000 އަށް ވުރެ އިތުރަށް 560 ފޯމު ލާފައިވާއިރު އެ ފޯމުތައް ބެކަޕްއަކަށް ބަހައްޓާފައިވާ ކަމަށާއި، އިތުރުވާބައި މެންބަރުންގެ ގޮތުގައި ޕާޓީ ރެޖިސްޓްރީ ކުރުމަށްފަހު ދަފްތަރުގައި ހިމަނުއްވާނެކަމަށް އިލެކްޝަނުން ބުނެފައިވެއެވެ.

”އަޅުގަނޑުމެން އިތުރު 560 ފޯމު ލީ އެ 3000 ގެ ބެކަޕްއަށް. 3000 ހަމަވެފައި ދެން އިތުރުވާބައި މެންބަރުންގެ ގޮތުގައި ޕާޓީ ރެޖިސްޓްރީ ކުރުމަށްފަހު ދަފްތަރުގައި ހިމަނުއްވާނެ“ -އިލެކްޝަންސް ކޮމިޝަން-

”ދަ ޑިމޮކްރެޓްސް“ ޕާޓީ އުފެއްދުމަށް ފާއިތުވި ހަފުތާގެ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްދަ ދީފައެވެ. އެއާއިއެކު އެ ޕާޓީންވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕާޓީ އުފެއްދުމަށް ހުށަހަޅާ ފޯމުތައް ފުރުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށް ގެންގޮސްފައެވެ.

One Comment

  1. ހާދަ ބައިވަރެކޭ ދޯ؟ ތިޔައީ ބޮނޑު ނަގުލަށްދާނެ އަނެއް ޕާރޓީއެވެ. މިއަހަރު ނިމޭހިސާބަށް ކިރަޔަ ކިރިޔާ ތިންހާސް ހަމަ ނުވެގެން ދުވާނެއެވެ. ރިޔާސީ އިންތިޚާބާއި ހަމަޔަށް ނޫނީ މަޖްލިސް އިންތިޚާބުގައި ގޮނޑިގަޑެއް ނުލިބޭ ހިސާބުން މައުމޫނު ޕާރޓީ އަށް އެވީވަރުވެސް ނުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button