ޚަބަރުސިޔާސީ

އާންމުން ހިފާ ހައްޔަރުކޮށް، ބަރު ހަތިޔާރާއެކު ރައީސް އިބްރާހިމް ފުވައްމުލަކަށް ފައިބާވަޑައިގެން ފިއްލަވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހް މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނާއި ދެކޮޅަށް މުޒާހަރާ ކޮށްފިއެވެ.

ފުވައްމުލަކުގެ އެއާޕޯޓް ސަރަހައްދާއި މަގުތަކަށް ނުކުމެ ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރަމުންދަނިކޮށް، ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ސަރުކާރުން ވަނީ އެ ފަރާތްތަކަށް ހުރަސް އަޅައި، ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައެވެ. އެގޮތުން މުޒާހަރާ ރޫޅާލުމަށް ގިނަ އަދަދަކަށް މުޒާހަރާގެ ބައިވެރިން ގަޔަށް ޕެޕާސްޕްރޭ ޖަހާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެ އިތުރުން ރައީސް އިބްރާހީމާއި ދެކޮޅަށް ޝުއޫރުތައް ފާޅުކުރަން އަޑުގަދަ ކުރާ ހަރުކޮށްފައި އޮތް ޕިކަޕެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އަދި ފުވައްމުލަކުގައި ރައީސް އިބްރާހީމް ހުޅުވާދެއްވުމަށް ހަމަޖެހިފައިވާ ޖަގަހައަކާއި ޖެހިގެން ހުރި ގޭގައި ރައީސް އިބްރާހީމާއި ދެކޮޅު ޝުއޫރުތައް ފާޅުކޮށްފައި ހުރި ބެނާތަކެއް ހުރުމުން، އެތަނުގެ ކުރިމަތީ ފިލާ ހަރުކޮށް އެތަން ވަނީ ފޮރުވާފައެވެ. އަދި ފަހުން އެ ޕޯސްޓަރުތަކަށް ވަނީ ކަޅުތެޔޮވެސް ޖަހާފައެވެ. މި މުޒާހަރާއިން 3 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން އެކަކީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އަހުމަދު ތޯރިގެވެ. ދެވަނަ މީހަކީ މުހައްމަދު ޝަރަފުއްދީނެވެ. އޭނާއަކީ އެދާއިރާގެ ޕީޕީއެމް ސްޓްއަރިންގެ ކޮމެޓީގެ އިސް މެންބަރެކެވެ. އަދި ތިންވަނަ މީހަކީ ހަބީބު ނަމަކަށް ކިޔާ ޕީޕީއެމްގެ އާންމު މެމްބަރުންނެވެ. އެ އޮޕަރޭޝަނުގައި 200 އެއްހާ ސިފައިންނާއި ފުލުހުން ބޭނުންކޮށްފައިވެއެވެ.

ފުވައްމުލަކަށް ރައީސް އިބްރާހިމް ކުރައްވާ ދަތުރުފުޅުގައި ސަޕޯޓަރުން ގެންގޮސްފައިވަނީ މާލެއިންނާއި އައްޑޫއިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

2 Comments

  1. vvvvnaa thahuzeeb amalehgaum ge veriyaa ahbrespect kuranbvaane. hasskaoh falk land mihun mi dhauruga emme gina kankan vefa kohdhevvafa hurii falk land ah. emmen vote dhiigen anekkavess ithuru tharaggii hoadhanvii

  2. ރައިސްސޯލިހުތިއަބޭފުޅާހީކުރައްވަނީސަރުކާރުގެދޭތެމާލުހުސްކޮއްލާފަރައްޔިތުގެފާސާނުހަމަގޮތުގަބޭނުއްހިފސަގެއްރަތްރަސައްއެރީމައެރަސުގެރަތްޔިތުޢތިބޭފުޅާއަށަމުހަބަކިއާކަމައްތޯއރެ(އަޅެފަހެޗޯރޭގެލަދެއްހަޔާތެއްވެސްޒައްރެއްގެމިއްވަރު
    ވެސްނެތޭތޯއޭތިއަކުރާކެއްޕޭނަކީގޮއްމުސުގެބާރުއްކުރާކެއްޕޭނެއްކައް
    ިދިވެހިރާންޖެނޫނަސްމުޅިދުނިއަށްވެސްއެގޭނެތިބޭފުޅާކެޢްޕޭނުކުރަނީރާޢްޖޭރަތް
    ޔިތުއްނާދެކޮޅައްކައް.ރައިސްސޯލިހަނދުމަފުޅުބަހަޓަވާތި(ރައިސްޔާމީނައް
    ނުހައްގުހަރާމުހުކުމޭ‘ކޮއްފަތިއަބޫއަކުރިއަށްދެވިދާނޭކަމަޣެހެއްހީނުކުރާތި
    ރައިސްޔާމީނުދޫކޮއްލާގެއްނޫނީތިބޭފުޅާއަކައް.ހިންދެމިލާގޭ‘ރަގަޅުމާހައުލެއްގކުރިއަކައްނުދެވޭ.މިހާރުވެސްތިއަހުއްނެވީވޯޓުއޮޅުވާލާގެއްނަހަލާލުވެރިކަމެއްގަމިދޮގުނޫންކަމާއްﷲދެކެވޮޑިގެއްވޭއިބޫއަކައްދުވަހަކުރަގަޅުގޮތެއްމެދުވެރިއެއްނުކުރަތްވާށި

Leave a Reply

Your email address will not be published. Required fields are marked *

Back to top button