ޚަބަރުކުޅިވަރު

ޗެސްޓަރ ވިމެންސް ފުޓްސެލް 2023 ޖުލައި 26ގައި ފަށަނީ!

ނޫނު މަނަދޫ ޖަމިއްޔާއެއް ކަމަށްވާ ޗެސްޓަރގެ ފަރާތުން ކޮންމެ އަހަރެއްގެ މިނިވަން ދުވަހާއި ގުޅިގެން ބާއްވަމުން އަންނަ އަންހެން ފުޓްސެލް މުބާރާތް ބޭއްވުމުގެ އެއްމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް ޗެސްޓަރއިން މައުލޫމާތު ދީފިއެވެ.

މި މުބާރާތަކީ މުޅި ނޫނު އަތޮޅަށް ހުޅުވާލެވިގެން އަންހެން ކަނބަލުންނަށް ޚާއްސަކުރެވިގެން އެ އަތޮޅުގައި ބޭއްވޭ އެއްމެ ބޮޑު މުބާރާތެވެ.

މި މުބާރާތުގެ މަޤުސަދަކީ ނޫނު އަތޮޅުގެ އަންހެން ކަނބަލުންގެ މެދުގައި ފުޓްސެލް ލޯބި އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމާއި ރާއްޖޭގެ ފެންވަރުގެ މޮޅެތިކުޅުންތެރިންތަކެއް ބިނާކުރުމުގެ އިތުރުން އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ.

މި މުބާރާތުގައި ނޫނު އަތޮޅު ރަށްތަކާއި ރިސޯޓެއްގެ އިތުރުން ރާއްޖޭގެ އަންހެން ޤައުމީ ޓީމްގެ ކުޅުންތެރިން ކުޅޭކަން އެއީ މުބާރާތް އިތުރަށް ފޯރިގަދަވެ ވާދަވެރިވެގެންދާ ކަމެއްކަމުގައި ޗެސްޓަރއިން މައުލޫމާތު ދެެއްވައެވެ. މި މުބާރާތް ކުރިޔަށްދާނީ ޖުލައި 26ން އޮގަސްޓް 4 އަށް މަނަދޫ ފުޓްސެލް ދަނޑުގައެވެ. އަދި މި މުބާރާތުގެ މެޗްތައް ޗެސްޓަރ ފޭސްބުކް ޕޭޖުން ލައިވްކޮށް ފެންނާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button