ޚަބަރު
ކުރީ ސަރުކާރުން ހަދަން ފެއްޓި ރާއްޖޭގެ އެންމެ ބޮޑު ފެންއަރުވާ ވަޑާން ހުޅުވައިފި
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ހަދަން ފެށި ރާއްޖޭގެ އެންމެ ބޮޑު ފެންއަރުވާ ވަޑާން ހުޅުވައިފިއެވެ.
މި ފެންއަރުވާ ވަޑާން ހުޅުވާފައިވަނީ ރޭގެ ވަގުތެއްގައެވެ. މިތަން ހުޅުވައިދެއްވީ ހުޅުއްވައި ދެއްވީ އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.
މިއީ ރައީސް ޔާމީނުގެ ވެރިކަމުގައި 2017 އަހަރު އަމަލީ މަސައްކަތް ފަށާފައިވާ ފްރޮޖެކްޓެކެވެ. އަދި ރައީސް ޔާމީންގެ ދައުރު ނިމުނު އިރު އެތަނުގެ 80 އިންސައްތަ މަސައްކަތް ނިންމާފައިވާނެ ކަމުގައި އޭރުގެ ހައުސިން މިނިސްޓަރ އަދި މިހާރު މާލެ ސިޓީގެ މޭޔާރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ތަފާތު އެކި ކުލަތަކުން ދިއްލޭ ގޮތަށް ހަދާފައިވާ ފެންއަރުވާ ވަޑާން ހުޅުވި ސަރަހައްދަށް ގިނަ ބަޔަކު އެއްވެ އެތަނުގެ ރީތިކަން ވަނީ ބަލާލައިފައެވެ.