ޚަބަރުސިޔާސީ

ރަނގަޅަށް ކެމްޕެއިން ނުފެށޭ، ފައިރޫގެ ފުރަތަމަ ވައުދު ފުއްދަން ޑައިވް އިންސްޓްރަކްޓަރުން ގޮވައިގެން ހިންނަވަރަށް

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވާދަކުރެއްވާ ހުސައިން ފައިރޫޒުގެ ކެމްޕެއިން ތަސައްވުރުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ސިޔާސަތެއް ތަންފީޒު ކުރުމުގެ އިނީޝަލް މަސައްކަތް ފަށަން ނިންމައިފިއެވެ.

އެގޮތުން ފައިރޫޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ، ބައިނަލްއަގްވާމީ ސެޓްފިކޭޝަންސް ދޫކުރާނެ ވޯޓާ ސްޕޯޓްސް ސްކޫލެއް ގާއިމްކޮށް، ވޯޓާސްޕޯޓްސްގެ ދާއިރާއިން ޕްރޮފެޝަނަލް މަސައްކަތްތެރިން އުފެއްދުމުގެ ވައުދުގެ ދަށުން ރަށުގައި ތިބެގެން ވަރަށް ހެޔޮ އަގެއްގައި ކަމުގެ ފަންނު އުނގެނިގެން ބައިނަލްއަގްވާމީ ސެޓްފިކެޓެއް ހާސިލް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ހުސައިން ފައިރޫޒު

މިރެއިން ފެށިގެން މިމަހުގެ 17 ގެ ނިޔަލަށް ނަން ނޯޓު ކުރުމަށް ހުޅުވާލައިގެން މިމަހުގެ 20 ވަނަ ދުވަހު ޅ.ހިންނަވަރުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އޯޕަން ވޯޓާ ޑައިވް ސެޓިފިކޭޝަން ކޯހަކީ، ފައިރޫޒުގެ އިސްނެންގެވުމާއި މޭސްތެރިކަމުގެ ތެރެއިން ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިންގ އިންސްޓްރަކްޓަރސް ( ޕެޑީ) ގެ އޯޕަން ވޯޓާ އިންޓަނޭޝަނަލް ސެޓްފިކެޓް ލިބޭ ކޯހެކެވެ. މި ކޯހުގައި ކިޔަވައިދޭނީ ރާއްޖެ ޑައިވަރސްގެ ފަންނީ ޑައިވަރުންނެވެ.

”މިއީ އަދި ފެށުމެއް. ބައިނަލްއަގްވާމީ ސެޓްފިކޭޝަންސް ދޫކުރާނެ ވޯޓާ ސްޕޯޓްސް ސްކޫލެއް ގާއިމްކުރަން ބަލާއިރު، ދާއިރާގެ ޕްރޮފެޝަނަލްސް މި އުފައްދަނީ. އޭރުންތާ ތަނެއްގައި މަސައްކަތް ކުރާނެ ބަޔަކު ތިބޭނީ. ހާއްސަކޮށް ހިންވަރުގެ ދާއިރާގެ ދަރީން. މުޅި އަތޮޅު ކަމުގައިވިޔަސް.“ ފައިރޫޒު ވިދާޅުވިއެވެ.

ވައުދެއް ނުވަތަ ސިޔާސަތެއް ތަންފީޒު ކުރުމުގައި އަގު ނަގަނީ ކީއްވެތޯ “ ބޮންތި“ އިން ސުވާލު ކުރުމުން ފައިރޫޒު ވިދާޅުވީ، ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ދެވޭ ބައިނަލްއަގްވާމީ ސެޓުފިކެޓު ނުވަތަ ލައިސަންސަކީ، ކޯހުގައި ބައިވެރިވާ ދަރިވަރުވެސް ބުރަ މަސައްކަތް ކޮށްގެން ހޯދާފައިވާ އެއްޗެއްކަމުގެ އުފަލާއި އިހުސާސް ކުރެވޭނީ އެ ދެވޭ ސެޓްފިކެޓަކީވެސް އަގެއް ހުރި އެއްޗެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމުން ކަމުގައެވެ. އެގޮތުން ރަށުގައި ތިބެގެން އެވްރެޖްކޮށް އޯޕަންވޯޓާ ކޯސްތަކަށް ކުރާ ހޭދައަށްވުރެ ބޮޑުތަނުން ހެޔޮއަގެއްގައި މި ކޯހުގައި ބައިވެރިވިވެވޭއިރު، ކޯހުގެ އަގަގީ 3,500 ރުފިޔާއެވެ.

ޅ އަތޮޅުގެ ހުރިހާ ރަށެއްގެ އަންހެން އަދި ފިރިހެން ބޭފުޅުންނަށް އަމާޒުކޮށްގެން މިމަހުގެ 20 ވަނަ ދުވަހު ހިންނަވަރުގައި ފުލް ސެޓަޕާއި ޕްރޮފެޝަނަލް ޑައިވަރުންނާއެކު މި ފަށާ ކޯހުގައި ބައިވެރިވުމަށް ނަން ނޯޓު ކުރުމަށް 7654300 ނުވަތަ 7830900 އަށް ގުޅައިގެން ކުރިއަށް ގެންދެވޭ އެެވެ. އެގޮތުން ނަން ނޯޓު ކުރުމުގެ މަރުހަލާގައި ހުށަހަޅަންޖެހެނީ ފުރިހަމަ ނަމާއި، އައިޑީ ކާޑުގެ ކޮޕީއެއްގެ އިތުރުން އުފަން ރަށުގެ މައުލޫމާތާއި، ފޯނު ނަންބަރެވެ.

ސިޔާސީ ސަލާންޖެހުން ނިމުމަކަށް ގެނައުން
ހިންވަރުގެ ތަރައްގީއާއި ކުރިމަގު ބައްޓަން ކުރުމުގައި ސިޔާސީ ވަކި ފަރާތަކަށް ނުވަތަ އޭރެއްގައި ބާރުތައް ފުރޮޅޭ ބައެއްގެ ރުހުން ހޯދުމުގެ ނިޔަތުގައި ނުވަތަ އާދޭސްކޮށްގެން ސަލާންޖަހައިގެން ކަންކަން ކުރުމުގެ ސަގާފަތް މެންބަރުކަމުގައި ނިމުމަކަށް ގެންނައުމަކީވެސް ފައިރޫޒުގެ ސިޔާސަތެކެވެ. އެ ސިޔާސަތު ތަންފީޒުކުރުމަށް އެންމެ ބޮޑަށް ބޭނުންވާ ސަބަބުތަކުގެ ތެރޭގައި ހިންނަވަރުގެ ޒުވާނުން މާލީގޮތުން ބާރުވެރިކުރުވުން ހިމެނެއެވެ.

މޫދު ކުޅިވަރަށް ހިތް ލެނބިފައިވާ ފައިރޫޒު އެންމެ ބޮޑަށް ހާސިލްކުރައްވަން ބޭނުންވާ ލަނޑުދަނޑީގެ ތެރޭގައި މޫދު ކުޅިވަރު ދަރިވަރުންނަށް ދަސްކޮށްދިނުމަށް ތައުލީމީ މަންހަޖުގެ ތެރެއަށް އެ ފަންނުގެ އެކެޑަމިކް އަދި ޕްރެކްޓިކަލް މޮޑިއުލްތަކެއް ފެއްތުމަށް ބާރު އެޅުން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button