ޚަބަރުސިޔާސީ

ފައިރޫ ނަމެއް ނުނެގި، ގޮސް ލީ ފޯމު!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވާ ހުސައިން ފައިރޫޒުގެ ކެންޑިޑޭސީ ފޯމު ހުށަހަޅުއްވައިފިއެވެ.

މޫދު ކުޅިވަރުގެ ރޮނގުން މަޝްހޫރު އަދި ކާމިޔާބު ޒުވާން ވިޔަފާރިއެއް ކަމުގައިވާ ފައިރޫޒުގެ ކެންޑިޑޭސީ ފޯމު ޕީއެންސީ އޮފީހަށް ހުށަހެޅުއްވީ މިއަދެވެ. ފޯމު ހުށަހެޅުއްވީ ފައިރޫޒެެވެ. އަދި ފޯމާއި ރަސްމީކޮށް ހަވާލުވެވަޑައިގަތީ ޕީއެންސީގެ ޗެއާމަން އަދި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

ފައިރޫޒުގެ ކެންޑިޑޭސީ ފޯމު މިއަދު ހުށަހަޅުއްވާފައިވާއިރު،
އެބޭފުޅާގެ ކެމްޕެއިން ތަސައްވުރުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ސިޔާސަތެއް ތަންފީޒު ކުރުމުގެ އިނީޝަލް މަސައްކަތް ފެށުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ.

އެގޮތުން ފައިރޫޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ، ބައިނަލްއަގްވާމީ ސެޓްފިކޭޝަންސް ދޫކުރާނެ ވޯޓާ ސްޕޯޓްސް ސްކޫލެއް ގާއިމްކޮށް، ވޯޓާސްޕޯޓްސްގެ ދާއިރާއިން ޕްރޮފެޝަނަލް މަސައްކަތްތެރިން އުފެއްދުމުގެ ވައުދުގެ ދަށުން ރަށުގައި ތިބެގެން ވަރަށް ހެޔޮ އަގެއްގައި ކަމުގެ ފަންނު އުނގެނިގެން ބައިނަލްއަގްވާމީ ސެޓްފިކެޓެއް ހާސިލް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button