ރައީސް ޔާމީން ފެއްޓެވި ގްރޭޓާ މާލެ ގްރިޑް މަޝްރޫއު ނިމޭތީ އުފާކުރަން: ތޯރިގް
މާލެ-ހުޅުމާލެ ކަރަންޓު ވިއުގަ ގުޅާލުމުގެ މަޝްރޫއު ތަންކޮޅެއް ދުވެލި ލަސްކޮށް ނަމަވެސް ނިމޭތީ އުފާކުރަކަމަށް، ކުރީގެ މިނިސްޓަރ އޮފް އެންވަރަމެންޓް އެންޑް އެނާޖީ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ. ތޯރިގް މިހެން ވިދާޅުވީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ޔާމީންގެ ޒަޢާމަތުގައި ޑިޒައިންކުރެވި ފައިސާ ހަމަޖެހި ޢަމަލީ މަސައްކަތް ފެށިފައިވާ މި މަޝްރޫޢު މި ސަރުކާރުގައި ތަންކޮޅެއް ސްޕީޑް ލަސްކޮށް ނަމަވެސް ނިމޭތީ އުފާކުރަން. ރައީސް ޔާމީން ފެށްޓެވި މި ފަދަ ކޮންމެ ކަމަކުން ޤައުމާ ރައްޔިތުންނަށް ލިބޭނެ ފައިދާ ވަރަށް ބޮޑު. pic.twitter.com/1qK7z8OLEq
— Thoriq Ibrahim (@Thoriqibrahim) July 18, 2021
”ރައީސް ޔާމީނުގެ ޒަޢާމަތުގައި ޑިޒައިންކުރެވި ފައިސާ ހަމަޖެހި ޢަމަލީ މަސައްކަތް ފެށިފައިވާ މިމަޝްރޫއު މިސަރުކާރުގައި ތަންކޮޅެއް ސްޕީޑް ލަސްކޮށް ނަމަވެސް ނިމޭތީ އުފާކުރަން.“
ތޯރިގްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ކުރީގެ މިނިސްޓަރ ތޯރިގްގެ ޓްވީޓުގައި، ރައީސް ޔާމީން ފެއްޓެވި މިފަދަ އެތައް މަޝްރޫޢަކުން ރައްޔިތުންނަށް ލިބޭނެ ފައިދާ ބޮޑުކަމަށް ތޯރިގް ފާހަގަކުރެއްވިއެވެ.
މިކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީންގެ ދުރު ވިސްނުންފުޅުގެ ތެރެއިން މިފަދަ އެތައް ކަމެއް 5 އަހަރުގެ ތެރޭގައި ހާސިލްކުރެއްވިއެވެ.
”މިކަންވެސް އިފްތިތާހް ކުރަން 2 އަހަރު ނެގުމަކީ ރައީސް ސޯލިހްގެ ’ސްލޯ‘ ސަރުކާރުގެ ސްޕީޑްގެ ’ސްލޯ‘ ޔަގީން ކޮށްދޭ ކަމެއް“
ޝިޔާމްގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
މި މަޝްރޫއަކީ ސްޓެލްކޯއިން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް 2016 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު ފަށާފައިވާއިރު، މިމަޝްރޫޢު ކުރިޔަށް ގެންގޮސްފައިވަނީ 104 މިލިއަން ރުފިޔާގެ ލޯނެއް ނަގައިގެންނެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި 50 މެގަވޯޓުގެ ޕަވާ ސްޓޭޝަނަކާއި، ފިއުލް ފާމެއް އަދި ވޯޓާ ޑިސެލިނޭޝަން ފެސިލިޓީއެއް ވަނީ ގާއިމުކޮަށްފައެވެ.