ޚަބަރުސިޔާސީ

އިކޫގެ ސިޔާސަތުތަކުން ހިތާދޫ ދާއިރާ ފުރޮޅައިލައިފި!

މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ހިތާދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ސިއްހީ ދާއިރާގެ ހިދުމަތްތެރިއެއް ކަމުގައިވާ ޑރ.އިކުލީލް ޝަރީފްގެ ސިޔާސަތުތަކަށް އެދާއިރާގެ މެޖޯރިޓީ ރައްޔިތުންގެ ތާއީދު ލިބިފައިވާކަން ހާމަވެއްޖެއެވެ.

”ބޮންތި“ އިން ހިތާދޫ ދާއިރާގެ ރަށްތަކުގެ އާންމުންނާ ”ރެންޑަމް“ ކޮށް އިންޓަވިއު ކޮށް ބެލި ބެލުމުން އެނގުނު ގޮތުގައި އެދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވަނީ އިކުލީލެވެ. ސަބަބެއްގެ ގޮތުގައި ގިނަ އާންމުން ފާހަގަކުރަނީ އިކުލީލު އެކުލަވައިލެއްވި މެނިފެސްޓޯ އެ ބޭފުޅުންނަށް ކަމުދިޔުމެވެ. އެގޮތުން އިކުލީލުގެ މެންބަރުކަމުގައި މަޖިލިސް މުސާރަ ނުނަންގަވައި އެ ފައިސާ ދާއިރާގެ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ވަނީ ނިންމަވާފައެވެ. އެ ޕްރޮސެސް ކުރިއަށް ގެންދެވުމަށް ކޮމިއުނިޓީ ފަންޑެއް އުފައްދަވައި، އެ ފަންޑުން ދާއިރާގެ ރައްޔިތުންގެ ހެވާއި ލާބައަށް ގިނަގުނަ ހަރަކާތްތައް ރާވައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މަދަނީ، ފަންނީ އަދި މާލީ ޖަމިއްޔާ ޖަމާއަތްތަކާއި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކާއި ގުޅިގެން ދާއިރާގެ ރަށްރަށުގައި ތަރައްގީގެ ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް އިކުލީލުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ”ބޮންތި“ ޑރ.އިކުލީލަށް ގުޅާލުމުން ވިދާޅުވީ ޒުވާނުންނާއި އަންހެނުން ބާރުވެރިކޮށް، އިސްރަށްވެހިންނާއި ޅަދަރީންގެ މުސްތަގުބަލު އުޖާލާ ކުރުމަށް މާސްޓާޕްލޭނެއް ހެދިފައިވާކަމުގައެވެ.

”އަޅުގަނޑު މި އަންނަނީ ހިތާދޫ ދާއިރާގެ އަޑު މަޖިލީހުގައި އިއްވައި، އެދާއިރާގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ރޫހުގަ. އަޅުގަނޑުގެ ގޮނޑި ކުރިމަތީ މޭޒުގައި ބެހެއްޓިފައި ހުންނާނީ ދާއިރާގެ ރައްޔިތުންގެ ވޯޓު ބަޓަނެއް. އެއަށް ފިތާނީ ދާއިރާގެ ރައްޔިތުން. އަޅުގަނޑުގެ ވިޕްލައިނަކީ ރައްޔިތުންގެ ވިޕްލައިން. މިއީ ހިތާދޫ، ދަރަވަންދޫ އަދި މާޅޮހުގެ ކެންޑިޑޭޓް.“ އިކްލީލު ވިދާޅުވިއެވެ.

ސިއްހީ މަރުކަޒު ތަކުން 24 ގަޑިއިރު ހިދުމަތް ދިނުމަށްޓަކައި ވަސީލަތްތައް އިތުރުކުރުމާއި، ދާއިރާގެ ރަށްތަކުގައި ސިޓީ ހޮޓާތަކާއި، ގެސްޓްހައުސްތައް އިތުރުކުރުކޮށް، ސީދާ ރަށަށް އާމްދަނީ ވަންނާނެ އައު ގޮތްތައް ތައާރަފްކުރުމަކީ އިކުލީލުގެ މެނިފެސްޓޯގައި ހިމާނަފައިވާ ބައެއް ސިޔާސަތުތަކެވެ. އަދި ކުއްލި ބޭސްފަރުވާއަށް މާލެއަށް އަންނަ ފަރާތްތަކަށް ހާއްސަ އިންތިޒާމްތައް ހަމަޖައްސައިދިނުމަކީވެސް އިކުލީލުގެ ސިޔާސަތެކެވެ.

ޑރ.އިކްލީލަކީ ރާއްޖެއިން ބޭރުން ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އެގޮތުން އެބޭފުޅާ ވަނީ ސިއްހީ ދާއިރާއިން އަރުތަވެރިންނާއި، ފަންނުވެރިން ބިނާކުރުމުގަައި ވޭތުވެދިޔަ 25 އަހަރު ހިލޭ ސާބަހަށް އަގުހުރި ހިދުމަތްތައް ކުރައްވާފައިވާ އަދި މިހާރުވެސް ހިދުމަތުގައި ދެމި ހުންނެވި މުވާތިނެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button