ޚަބަރުސިޔާސީ

އުމުރަށް ޖަލަށް ލާފައިވާ ޑްރަގް ނެޓްވޯކުގެ 314 މީހުނަށް ރައީސް ސޯލިހު މާފުދެއްވިކަން ހާމަވެެއްޖެ

ރާއްޖެއަށް މަސްތުވާތެކި އެތެރެކޮށް، ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރަމުންދަނިކޮށް ކުށް ސާބިތުވެގެން އުމުރު ދުވަހަށް ޖަލަށް ލާފައިވާ314 މީހަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާފު ދެއްވިކަން ހާމަވެއްޖެއެވެ.

މިކަން ހާމަކުރައްވައި ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ތަފާސް ހިސާބުތަކުން އެ އަދަދު ފެންނަން އެބައޮތް ކަމަށާއި އުމުރަށް މީހަކު ޖަލަށް ލުމަށް ހުކުމް ކުރެވެނީ ފުލުހުންގެ ބުރަ ބޮޑު ތަހުގީގަކާއި، އެތައް ގިނަ އިރެއްގެ ޝަރީއަތުގެ އަޑުއެހުންތަކަށްފަހު އޭނާގެ މައްޗަށް ކުށް ސާބިތުވެގެން ކަމުގައެވެ. އަދި އެފަދަ މީހުން މުޖުތަމައުތެރެއަށް ދޫވުމަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން އޮތް އެންމެ ބޮޑު ހުރަސްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހާއްސަކޮށް އެގޮތަށް ދޫކޮށްފައިތިބި މީހުން އަނެއްކާވެސް އެފަދަ މައްސަލަތަކުގައި ހައްޔަރުކޮށް އައު ތަހުގީގެއް ހިންގަންޖެހޭ ފަހަރު މަދު ނޫންކަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button