ޚަބަރު

ހިއްސާގެ ގޮތުގައި ސަރުކާރުގެ ކުންފުނިތަކުން ބަޔާންކުރާ އަދަދު ދިމަލެއް ނުވޭ: އޮޑިޓް

މާލީގެ ބަޔާނުގައި 2021 ވަނަ އަހަރު ސަރުކާރުގެ ކުންފުނިތަކުން ހިއްސާގެ ގޮތުގައި ލިބިފައިވާކަމަށް ބާޔާންކުރާ އަދަދާއި އެ ކުންފުނިތަކުން ބުނާ އަދަދުތަކާއި ދިމާ ނުވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

”ކޮންސޮލިޑޭޓެއް ފައިނޭޝަލް ސްޓޭޓްމެންޓް“ ގައި ހުރި ބައެއް މައުލޫމާތުތައް ހަމަ ނުޖެހޭކަމަށް އިޝާރާތްކޮށް އޮޑީޓު ރިޕޯޓުގައި ބުނެފައިވާގޮތުން، ސަރުކާރުންވަނީ ހަތް ކުންފުންޏެއް މެދުވެރި ހިއްސާ ގޮތުގައި 2.44 ބިލިއަން ލިބިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

ސަރުކާރުން މި އަދަދު ފާހަގަކޮށްފައިވީނަމަވެސް، ސަރުކާރު ކުންފުނިތަކުން ބުނާ އަދަދުތައް ތަފާތުކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން މާލީ ބަޔާނުގައިވާ އަދަދުތަކާއި ކުންފުނިތަކުގެ މައުލޫމާތުގައިވާ އަދަދުތަކާއި ދިމާ ނުވާކަމަށްވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ހަމަނުޖެހުންތައް ހުރި ސަބަބު މިނިސްޓްރީ އޮފް ފިނޭންސްއިން ސާފުކޮށްދީފައިވާކަމަށް އޮޑިޓަރ ޖެނެރަލް އިން ބުނެފައިވެއެވެ. އެގޮތުން، ހަމަނުޖެހިގޮސްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް އެ މުވައްސަސާ އާއި މަޝްވަރާ ނުކޮށް އެ އަދަދުތަކަށް ބަދަލުކޮށްފައިވުމުންކަމަށް ފިނޭންސް މިނިސްޓްރީއީން ބުނެފައިވާކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ފިނޭންސް އިންވެސް ބައެއް ބަދަލުތައް ގެނެސްފައިވާކަމަށް އެ މުވައްސަސާއިން ބުނެފައިވާކަމަށް ރިޕޯޓުގައިވެއެވެ.

މި މައްސަލަތައް ފާހަގަކުރެވުމާއެކު އޮޑިޓުން ބުނެފައިވާގޮތުގައި، ހިއްސާ ގޮތުގައި ބުނާ އަދަދުގެ ސައްހަކަން ކަށަވަރު ނުކުރެވޭނެކަމަށެވެ. އެހެންކަމުން ސަރުކާރު ކުންފުނިތަކުގެ ހިއްސާ ގޮތުގައި ދެމުންދާ ފައިސާގެ އަދަދުތައް އެކަށިގެންވާ އުސޫލެއްގެ މަތިން ބެލެހެއްޓުމަށް އިލްތިމާޒް ކުރާކަމަށް އޮޑިޓުން ބުނެފައިވެއެވެ.

މީގެ އިތުރުން، ކުންފުނިތަކަށް ހަރަދު ކުރަމުންދާ ގޮތުގައިވެސް މައްސަލަތަކެއް ހުރިކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button