ޚަބަރު

މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ

މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

އިންޓަކަނެކްޝަން މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ހުޅުލެ، އެއް ވިއުގައަކުން ގުޅާލުމުގެ ގޮތުން، މާދަމާގެ ހެނދުނު 7 އިން 9 އާއި ހަމައަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ދިއުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި މި މަސައްކަތް ކުރާއިރު، އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ.

މި ގަޑި ތަކުގައި ކަރަންޓުދިޔަ ކަމުގައި ވީނަމަވެސް މަސަައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހިސާބުތަކަށް އަލުން ހިދުމަތް ގުޅައިދޭނެ ކަމަށްވެސް ސްޓެލްކޯއިން ވަނީ މައުލޫމާތު ދެއެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ މި ޕްރޮޖެކްޓާއެކު ގްރޭޓާ މާލެ ސަރަހައްދުގެ ޕަވާ ސެކިއުރިޓީ ކަށަވަރު ވެގެންދާނެކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button