ޚަބަރު

ނަފްރަތު ބިލުގެ ކޮމެޓީ ރިޕޯޓު މިއަދު މަޖިލީހުގައި އެޖެންޑާ ކޮށްފި

ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހެޅުމާއި، ބަހުސްކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ ކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައި، އިސްލާމް ދީނާ ހިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން އޮތުމުން އާންމުންގެ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

މިހާރު މަޖިލީހުގައި އެޖެންޑާ ކޮށްފައިވާ ބިލަކީ އިސްލާމިކް މިނިސްޓްރީއާއި، ހިއުމަން ރައިޓްސް ކޮމިޝަންއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ލަފައާއި އެއްގޮތަށް އިސްލާމްދީނުގެ ކަންކަމާ ފުށުއަރާ ކަންކަން އުނިކުރުމަށްފަހު ޖުޑީޝަރީ ކޮމެޓީއިން ފާސްކޮށްފައިވާ ބިލެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button