ޚަބަރުސިޔާސީ

ޗައިނާއިން ހަދިޔާކުރި، 12 އެމްބިއުލާންސް، ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސްގެ އަނބިކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި

ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ، 12 ގްރީން އެމްބިއުލާންސް، ޞިއްޙީ ވުޒާރާއަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހަވީރު ރޯޝަނީ ބިލްޑިންގގައެވެ.

މިއަދު ހަވާލުކުރި އެމްބިއުލާންސްތަކާއެކު، ކާރިސާ ވަގުތުތަކުގައާއި، އެމެޖެންސީ އަދި އެކްސިޑެންޓް ތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީ ކުއްލިފަރުވާ، ރަށްތަކުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. އަދި ބޮޑެތި ޕެރަމެޑިކް އެމްބިއުލާންސްތައް ދުއްވުމަށް ދަތިވާ ކުދި ރަށްތަކުގައި ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި، އެމްބަސީގެ ފަރާތުން ހަދިޔާކުރި ގްރީން އެމްބިއުލާންސްތައް ޞިއްޙީ ވުޒާރާއާ ހަވާލުކުރުމުގެ ސެޓްފިކެޓުގައި ސޮއިކުރެއްވުންވެސް އޮތެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button