
އަންނަ މަހުން ފެށިގެން ރަށު ޕިކަޕުން ނަގާ ފީ އެއްކޮށް އުވާލަން ސަރުކާރުން ނިންމާފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރ.ދުވާފަރު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރަށު ޕިކަޕަކުގެ ހިދުމަތަކީ ގިނަ ފަސޭހަތަކެއް ލިބޭ އުޅަނދެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބި، ތިމާވެއްޓާ ރަށްޓެހި، އުޅަނދު ބޭނުންކުރުމަށް މަގިފަހިވެގެންދާނެކަމުގައެވެ.
މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް އިއްޔެ ރައީސް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ދުވާފަރަކީ އެމަނިކުފާނުގެ ހަތަރުވަނަ މަންޒިލެވެ.