ޚަބަރުސިޔާސީ

އަނގޮޅިތީމުގައި ޕޮލިސް ޕޯސްޓު ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފުރިހަމަކޮށްދޭނަން: ރައީސް

އަނގޮޅިތީމުގައި ޕޮލިސް ޕޯސްޓު ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފުރިހަމަކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އަނގޮޅިތީމު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.މި ބައްދަލުކުރެއްވުން އޮތީ މިއަދު ރ. އުނގޫފާރު ކައުންސިލުގެ އިދާރާގައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފެނާ ނަރުދަމާގެ މަސައްކަތް އަވަސްކުރުމާއި، ޓީޖެޓީއެއް އަދި މޫދަށް އެރޭނެ ސަރަހައްދަށް ތަރައްޤީކުރަން ބޭނުންވާކަމަށާއި ހެލްތު ސެންޓަރުގެ ޚިދުމަތް 18 ގަޑިއިރަށް އިތުރުކުރަން އެދުން ހިމެނެއެވެ. މީގެ އިތުރުން އޭޓީއެމްގެ ޚިދުމަތާއި ހޭންޑް ބޯލްކޯޓާއި ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމިޓީން ވަނީ އެކޮމިޓީގެ މަސައްކަތްތައްކުރުމަށް ލިބޭ ބަޖެޓު ކުޑަކަން ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ ކައުންސިލާއި އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button