ޚަބަރު

ފަރުކޮޅުފުށިީގައި ’ކެޓް ޝެލްޓަރ‘ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހުޅުމާލޭ ފަރުކޮޅުފުށި ސަރަހައްދުގައި ’ކެޓް ޝެލްޓަރ‘ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.

 

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ މާލެ ސިޓީ ކައުންސިލުން ހުޅުވާލާފައެވެ. މި މަރުކަޒު ހެދުމަށް އަގު ހުށައެޅުން އަންނަ ބުރާސްފަތި ދުވަހު އޮންނާނެކަމަށާއި  އަގު ހުށަހެޅުމުގައި ބައިވެރި ވެވޭނީ ދިވެހި ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި އިއުލާނުކޮށްފައިވެއެވެ.

 

’ކެޓް ޝެލްޓާ‘ އާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންގެ ފޯނު ނަންބަރު 3025407ށް ގުޅުމުން ނުވަތަ bids@malecity.gov.mv އަށް މެއިލް ކުރުމުން ސާފުވާނެ ކަމަށް ގެޒެޓުގައިވެއެވެ.

 

’ކެޓް ޝެލްޓާ‘ ނުވަތަ ބުޅަލުގެ މަރުކަޒު ގާއިމް ކުރަނީ މާލޭ ސަރަހައްދުގައި ބުޅާ ގިނަވެ ނަޖިސްވާ މައްސަލައަށް ހައްލެއް ގެނައުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button