ޚަބަރުސިޔާސީ

މިނިސްޓަރ ޒަމީރު އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ މެނޭޖްމަންޓް އެންޑް ރިސޯސަސް ރިޗާޑް ވަރްމާއާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރު ޒަމީރާއި ޑެޕިއުޓީ ސެކްރެޓަރީ ރިޗާޑް ވަނީ ރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅިގެން މަޝްވަރާ ކުރައްވާފައެވެ.

އަދި ޑިމޮކްރެޓިކް އުޞޫލުތަކާއި، ޤާނޫނީ ވެރިކަމަށް އަހުލުވެރިވުމާއި، އިޤްތިޞާދީ ތަނަވަސްކަމާއި، ދިފާޢީ އަދި ސަލާމަތީ ދާއިރާއިން ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.

އަދި ވިސާގެ ކަންކަން ހަރުދަނާކުރުމާއި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.

މިނިސްޓަރު ޒަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މަޤާމުގެ ހުވާ ކުރެއްވުމަށްފަހު، ރާއްޖެއާއި ގުޅުން ބަދަހިކުރެއްވުމަށް އެމެރިކާ ސަރުކާރުން ކުރަމުން ގެންދަވާ ޝައުގުވެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button