ޚަބަރުސިޔާސީ

މަހުގެ އުފެއްދުންތައް ވިއްކުމަށް ހާއްސަ ޕޯޓަލްއެއް އިފްތިތާޙުކޮށްފި

މަހުގެ އުފެއްދުންތައް ވިއްކުމަށް ހާއްސަ ޕޯޓަލްއެއް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ން އިފްތިތާޙު ކޮށްފިއެވެ.

ބީސީސީން އިފްތިތާހު ކުރި އީ ކޮމާސް ޕްލެޓްފޯމަކީ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ޕޯޓަލެކެވެ. މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އައިޝަތު ފިފްޝީން އަލީއެވެ.

ޕޯޓަލް އާއި ބެހޭ ގޮތުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒަމީރު ވިދާޅުވީ މިއީ މަހާއި މަހުގެ އުފެއްދުންތަކާއި މަސްވެރިކަމާ ގުޅުންހުރި ތަކެތި އުފައްދާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ހުރެވެސް އެތަކެތި ވިއްކައި އާމްދަނީ ހޯދޭނެ މަގު ފަހި ވެގެންދާނެ ޕޯޓަލެއް ކަމަށާއި، ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ކަމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ.

ދިވެހި އުފެއްދުންތައް ކުރިއަރުވައިދީ ރާއްޖެއާއި ބައިނަލްއަގްވާމީ ބާޒާރުތަކުން ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބީސީސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މި ޕޯޓަލްގެ މަގްސަދަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި މަސްވެރިކަމާ ގުޅުންހުރި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ވާދަވެރި ވިޔަފާރީގެ ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށް ބީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހް އާދަމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button