ޚަބަރުސިޔާސީ

ބައި އިލެކްޝަންގެ މަގާމުތަކަށް މެންބަރުން އިންތިހާބުވެއްޖެ

2024 ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ތިން ބައި އިލެކްޝަނަކަށް ހުޅުވާލުމުން ވަގުތު ހަމަވީއިރު މަގާމުތަކަށް ކުރިމަތިލާފައި ވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކަމަށް ވާތީ، ވޯޓެއް ނެތި އެ މަގާމުތަކަށް މެންބަރުން އިންތިހާބު ވެއްޖެއެވެ.

ބައި އިލެކްޝަން ބާއްވަން އޮތީ ކ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރުމާއި ށ. މަރޮށި އަދި ގދ. ފަރެސްމާތޮޑާ ކައުންސިލްގެ ހުސްވެފައިވާ މެންބަރު ކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށެވެ.

 

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވީއިރު ކުރިމަތިލާފައިވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކަމަށާއި އެހެން ކަމުން އެ ބޭފުޅުން އިންތިހާބު ވެފައިވާ ކަމަށެވެ.

 

ކ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައި ވަނީ އަހްމަދު އަނީސްއެވެ. އަދި ށ. މަރޮށި ކައުންސިލް މެންބަރު ކަމަށް ހުސައިން ނާޒިމް އިންތިހާބުވެޑައިގެންފައި ވާއިރު ގދ. ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރު ކަމަށް އިންތިހާބުވެޑައިގަތީ ހަސަން އާސިމްއެވެ.

 

މި ތިން ބޭފުޅުންނަކީ ވެސް ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓްގައި އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button