ޚަބަރު

ރާއްޖޭގައި އިންފުލުއެންޒާ ވައިރަސް ހަލުވިކަމާއެކު ދަނީ ފެތުރެމުން: ޑރ. މުހައްމަދު އަލީ

ރާއްޖޭގައި މި ދުވަސްވަރު އިންފުލުއެންޒާ ވައިރަސް ފެތުރެމުންދާ ކަމަށް އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޑޮކްޓަރ ވިދާޅުވެފައިވަނީ ފާއިތުވެ ދިޔަ ދެ ތިން ހަފުތާއިން ފެށިގެން ރާއްޖޭގައި އިންފުލުއެންޒާ ފެތުރެމުންދާ ކަމަށާއި އެ ބަލީގައި ނިއުމޯނިއާ ޖެހިގެން ތިން މީހަކު ވެންޓިލޭޓަރުގައި އޮތްކަމަށެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެ ބަލީގައި ވަނީ ޒުވާނަކު ނިޔާވެސްވެފައެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ އެ ބަލީގެ އައުޓްބްރޭކެއް އަތުވެދާނެ ކަމަށް ނުބެލެވުނަސް ބަލީގައި ބޮޑުވަރު ވުމުން ރައްކާތެރިވުމަށް އިންފުލުއެންޒާ ވެކްސިން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެފަދަ ސީޒަނަލް ވެކްސިންތައް އާސަންދަ ސްކީމުގެ ދަށުން އާންމުންނަށް ލިބުމަކީ ކުރައްވާ އުއްމީދެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button