ޚަބަރުސިޔާސީ

ގައުމީ ތަރައްގީގެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ހޯދައިދޭނަން: ރައީސް

ރިޔާސީ އިންތިޚާބުގައި ވައުދުވެ ވަޑައިގެންނެވި ފަދައިން 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނެއް މިއަހަރު އެކުލަވައިލައްވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފެށުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކަފުޅުގައެވެ.
“ގައުމު އާބާދުކޮށް، ރަށްވެހި ތަރައްގީ ގެނައުމަކީ ދުރު ރާސްތާ ވިސްނުމެއްއޮތް ކަމަކަށް ހެދުމަށްޓަކައި އަޅުގަނޑު ވައުދުވީ ފަދައިން 20 އަހަރުދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނެއް މިއަހަރު އިރާދަކުރެއްވިއްޔާ އެކުލަވައިލާނަން.“ރައީސް ޑރ މުއިއްޒު
ރައީސް ވިދާޅުވީ މިކަން ކުރައްވާނީ ރަށްރަށުގެ އާއިލާތަކާ ހަމައިން ވީހާ ގިނަ ރައްޔިތުންގެ ޚިޔާލު ހޯދައިގެން ކަމަށެވެ.
ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ތަރައްގީގެ މަޝްރޫއުތައް ހުއްޓުވުމުގެ ޖާގަ ނުދިނުމަށް ޓަކައި ރައްޔިތުންގެ ޚިޔާލާއެކު މި އެކުލަވައިލާ ގައުމީ ތަރައްގީގެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ހޯދައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button