ޚަބަރުސިޔާސީ

ރާއްޖޭގެ 3 ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒު ގާއިމުކުރަނީ

ދިވެހިރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ ސެންޓަރު ގާއިމުކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ އިން ނިންމައިފި އެވެ.

މަސްތުވާތަކެތި ބޭނުންކު މީހުންނަށް ފަރުވާދިނުމަށް، މި އޭޖެންސީ އިން ވަނީ މަސްތުވާތަކެތީގެ ގާނޫނު: 17/2011 ގައި ބަޔާން ކުރާފަދަ، ފަރުވާދޭ މަރުކަޒުތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް އަމިއްލަ ފަރާތްތައް މެދުވެރިކޮށް ޤާއިމުކޮށް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

މަސްތުވާތަކެތީގެ ބޭނުންކުރާ ފަރާތްތައް ރީހެބިލިޓޭޓް ކުރުމުގައި، އެ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ވަޒީރުންގެ މަޖިލީހުން ލަފާދީފައި ވެއެވެ.

މި ޕްރޮގްރާމް ހިންގާ ސަރަހައްދުތަކުނެ އެއް ސަރަހައްދަކީ ލ. އަތޮޅެވެ. އެ އަތޮޅުގައި ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައެޅުމުގެ ގޮތުން، އަތޮޅުގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް، ނޭޝަނަލް ޑްރަގް އޭޖެންސީ އިން ވަނީ މި މަހުގެ 24 އިން 28 އަށް އަތޮޅުގެ 8 ރަށަކަށް ދަތުރުކުރަށްވާފައެވެ. މިދަތުރުގައި ލ. ފޮނަދޫ، ގަން، މާވަށް، އިސްދޫ، ކަލައިދޫ، މާވަށް، ހިތަދޫ ، މުންޑޫ، ކުނަހަންދޫ، ގާދޫ އަދި މާބައިދޫއަށް ވަނީ ޒިޔާރަތްކޮށް އެ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކޮށްފައެވެ.

ދެން މި ޕްރޮގްރާމް ހިންގަން މިނިސްޓްރީން ގަސްތުކުރާ އަނެއް ދެ ސަރަހައްދަކީ ކ.ކާށިދޫ އާއި ނ.ވެލިދޫއެވެ.

މި ރަށްތަކަށް ކުރާ ދަތުރަށް ފަހު ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައަޅާނީ އެ އަތޮޅުގެ ކައުންސިލާ މަޝްވަރާ ކުރުމަށްފަހު އެވެ. މިދިރާސާ ދަތުރުގައި އެން.ޑީ.އޭގެ ސީ.އީ.އޯ އިމާދް ސާލިޙް އަދި ހޯމްލޭންޑް ސެކިއުރިޓީގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރ އިސްމާއިލް އިބްރާހީމް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button