ޚަބަރު

ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ހޯދަނީ

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުވައްމުލަކު މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ހޯދަން އިއުލާންކޮށްފައިވަނީ ފުވައްމުލަކު ދޫނޑިގަން/ނިއުވެލީ އިބްރާހިމް ޝާހީން، 35އ، އެވެ. ޝާހީން ހޯދަމުން ދަނީ ލ.ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައެވެ. އެއީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. ޝާހީން ހޯދަން ފުލުހުން އިއުލާން ކުރީ އޭނާ އުޅޭ ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ހަވާލު ނުކުރެވުމާ ގުޅިގެންނެވެ.

ޝާހީން ހޯދަމުން ދަނީ މި މައްސަލައާއި ގުޅިގެން ސުވާލު ކުރުމަށް ކަމަށް ވާއިރު، މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރު 2:00 އަށް ޝަހީދު ހުސެއިން އާދަމް ބިލްޑިން ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ހާޒިރުވުމަށް އިއުލާނުގައި ބުނެފައިވެއެވެ.

ޝާހީން އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލ. ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791261 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button