ޚަބަރު

ފިރިހެނުން އަންހެން ހެދުމުގަ ރަށުތެރޭގަ، ކަމާބެހޭ ބައެއް ނެތް!

ފިރިހެނުންތަކެއް އަންހެން ހެދުން ލައިގެން އިއްޔެ މާލޭގެ ހުޅަނގު ފަރާތުގައި ހަދާފައި އޮންނަ ރަސްފަންނު ސަރަހައްދަށް އެއްވި މައްސަލައާ ގުޅިގެން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އެއްޗެއް ބުނަން ބޭނުން ނުވިއެވެ.

ރަސްފަންނު ސަރަހައްދަށް 10 ވަރަކަށް ފިރިހެނުން އަންހެން ހެދުން އަޅައިގެން ނިކުމެ އުޅުނު މައްސަލައިގައި ”ބޮންތި“ އިން ހޯމް މިނިސްޓަރު އިމްރާން އާއި ސުވާލު ކުރުމުން އެމަނިކުފާނު އަދި މިހާތަނަށް އެއްވެސް ޖަވާބެއް ނުދެއްވައެވެ. އިމްރާނަކީ ރާއްޖޭގެ ދާހިލީ ވަޒީރަށް ވެފައި، ފުލުހުންގެ ބެލެނިވެރިކަމުގެ ވުޒާރާއަށް ވުމުން އެކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ އާއި އެކަމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާނެތޯ ”ބޮންތި“ އިން ވަނީ ސުވާލު ކޮށްފައެވެ. އެހެން ނަމަވެސް އެބޭފުޅާ އެކަމަށް އެއްވެސް ޖަވާބެއް ނުދެއްވިއެވެ. އިމްރާނަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ދީނީ ޕާޓީ ކަމުގައިވާ އަދާލަތު ޕާޓީގެ ރައީސްވެސް މެއެވެ.

މިކަމާ ގުޅިގެން ފުލުހުންނާއި ސުވާލު ކުރުމުންވެސް އެއްވެސް ޖަވާބެއް ލިބޭގޮތް ވަނީ ނުވެފައެވެ. އަދި އެމީހުން އެއްވެ ތިބިއިރު، ދެ ފުލުހަކު މަޑުކޮށްލައިގެން އެ މީހުނާ ވާހަކަ ދައްކަން ތިބި ފޮޓޯއެއް ވަނީ ދައުރުވެފައެވެ. އަދި އެކަމާ ގުޅިގެން އެއިން އެއްވެސް މީހަކާ ރަސްމީކޮށް ސުވާލެއް ކުރިތޯ ނުވަތަ ހައްޔަރު ކުރިކަމެއްވެސް ނޭނގެއެވެ.

މިފަހަކަށް އައިސް ލާދީނީ ކަންކަމަށް މަގުފަހިވާގޮތަށް ދިވެހި މުޖުތަމައުގެ ތެރޭގައި ހިނގާ ލަދު ކުޑަ ކަންކަމަށް ސަރުކާރުން ދެނީ ބީރު ކަންފަތެކެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button