
ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށް މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް އިން ވިދާޅުވެއްޖެއެވެ.
މި ޕްރޮގްރާމް ހިންގުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި އޮޑިވެރިންނާއި ކެޔޮޅުންނާއި ފަޅުވެރިންނަށް ޑައިވިންއާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ މަސްވެރިން ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ގައުމީ ކެމްޕެއިނެއް ހިންގުމަށް ވަނީ ނިންމާފައި ކަމަށާއި މި ކެމްޕެއިން މެދުވެރިކޮށް ގާނޫނާއި ގަވާއިދުތައް އައި ގޮތްތަކާއި އޭގެ މުހިންމުކަން މަސްވެރިންނާ ހިއްސާކޮށް އަހުލުވެރިކުރެވޭނެ ކަމަށް ވެސް އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.