ޚަބަރުސިޔާސީ

ރަސްމާލޭގައި 30،000 ހައުސިން ޔުނިޓު އަޅަން ނިންމައިފި!

ރާއްޖޭގައި ހިންގޭ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ރަސްމާލޭގައި 30،000 ހައުސިންގް ޔުނިޓު އަޅަން ނިންމައިފިއެވެ.

ސަރުކާރުގެ އިސްވެރިން ޗައިނާއަށް ކުރެއްވި ދަތުރުގައި  އެ ގައުމުގައި ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގެ ތެރެއިން ޗައިނާ ސަރުކާރާއި ރާއްޖޭގެ ސަރުކާރާއި ދެމެދު ރަސްމާލެއާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރުއެވެ.

ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވީ، ޗައިނާއާއިއެކު އެއްބަސްވުމަކަށް ގޮސްފައިވަނީ ރަސްމާލޭގައި 30،000 ހައުސިން  ޔުނިޓު ތަރައްގީ ކުރުމަށް ކަމަށެވެ. އަދި އާންމުކޮށް ބޮޑެތި ހައުސިން  މަޝްރޫތައް ކުރިޔަށް ދާހެން ފިޔަވަހިތަކަށް ބަހައިނުލައި މަޝްރޫއު ކުރިޔަށް ދާނެކަމަށާއި، އެ މަޝްރޫއު ކުރިއަށްދާނީ އެއްފަހަރާ ނިންމޭ ގޮތަށްކަމަށް ވަޒީރު މައުލޫމާތު ދެއްވިއެވެ.

ޗައިނާއާއިއެކު ވެވުނު އެއްބަސްވުންތަކުގައި ރަސްމާލެ ތަރައްގީ ކުރުމަށް އެހެނިހެން އެއްބަސްވުންތަކުގައި ވެސް ސޮއިކުރައްވާފައިވެއެވެ. އެގޮތުން ރަސްމާލެއަށް ބޭނުންވާ އަސާސީ އެހެނިހެން ހިދުމަތްތައް ގާއިމްކުރުމާއި ބެހޭ އެއްބަސްވުމެއްގައި ވެސް ސޮއިކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ ހިދުމަތްތައް ހިމެނެއެވެ.

މިހާތަނަށް ރާއްޖޭގައި ކުރިއަށްދާ އެންމެ ބިޔަ ބިން ހިއްކުމުގެ މަޝްރޫގެ އިތުރުން އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއަށް ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެގެން ދާއިރު އެކަމަށް ރައްޔިތުންގެ ފޮނި އުންމީދުތައް އަމާޒުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ރަސްމާލެ ހިއްކައި ނިމި ގެދޮރު ދޫކުރެވުމުން ބޯހިޔާވަހިކަމަށް ޖެހިފައި އޮތް އޮތުން ނިމުމަކަށް އަންނާނެކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button