ޚަބަރުސިޔާސީ

1،000 ސްކޮލަޝިޕް ދިވެހި ސިވިލް ސާވެންޓުންނަށް ލިބިފައި

ޗައިނާ ސަރުކާރުންދޭ 1،000 ސްކޮލަޝިޕް ދިވެހި ސިވިލް ސާވެންޓުންނަށް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.
\ޗައިނާގެ ރައީސްގެ ދައުވަތަކަށް މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެގައި، ޗައިނާގެ ވެރިރަށް ބެއިޖިންގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މިހެން ވިދާޅުވިއެވެ.
ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަކޮށްގެން އަހަރަކު 200 ޗައިނާ ސްކޮލަޝިޕް ދިނުމަށް ވަނީ ނިންމާފައެވެ.
ބެއިޖިންގައި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ބައިވެރި ވެފައިވާއިރު ރައީސް ވަނީ ދަރިވަރުން ބޭރު ގައުމެއްގައި ކިޔަވަމުންދާއިރު ކުރިމަތިވާ ދަތިތަކާއި، އެކުދިންގެ ތަޖުރިބާއާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވާފައެވެ.
އަދި އެ ބައްދަލުކުރެއްވުމުގައި ބައިވެރިވި ފަރާތްތަކުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން ވަނީ އެމަނިކުފާނު ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button