ޚަބަރުސިޔާސީ

އަމީނީމަގުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ފަށަނީ

އަމީނީމަގުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނެފިއެވެ.

އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި، މިނިސްޓަރު ޑރ އަބްދުލް މުއްތަލިބު ވިދާޅުވަނީ އަމީނީ މަގުގެ ފަހު ދެ ސެގްމެންޓުގެ މަސއްކަތް އެއް މަސްތެރޭ ނިންމުމަށް އާރްޑީސީއާ ގުޅިގެން ކޮށްފައިވާ މަސައްކަތް ފާހަގަކޮށްފައެވެ.

އުއްމީދަކީ މަޝްރޫއުގައި ހިމެނިފައިވާ ޕަމްޕުތައް ވީހާވެސް އަވަހަކަށް ގެނެވި ފެން ހިންދުމުގެ ނިޒާމުގެ މަސައްކަތް  ނިންމާލުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެއީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް، 84.4 މިލިއަން ރުފިޔާއަށެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ހަތް މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމަން އެއްބަސްވި ނަމަވެސް، މަސައްކަތް ނުނިންމުމުން ޕްލޭނިން މިނިސްޓްރީން ވަނީ މުއްދަތު އިތުރުކޮށްދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button