ޚަބަރު

ހުކުރު މިސްކިތް ޒީނަތްތެރި ކުރަން ނިންމައިފި

އަންނަ ރަމަޟާން މަހުގެ ކުރިން ހުކުރު މިސްކިތް ޒީނަތްތެރި ކުރަން ނިންމައިފިއެވެ.

ދިިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އަންނަ ބަރަކާތްތެރި ރަމަޟާން މަހަށް ހުކުރު މިސްކިތާއި އެ މިސްކިތުގެ ސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަން ވަނީ ފަށާފައެވެ.

އެގޮތުން، ހުކުރު މިސްކިތުގެ މުންނާރުގެ އެތެރެއާއި ބޭރަށް ގެއްލުމެއް ލިބިފައިވޭތޯ ބަލާ، ގެއްލުމެއް ލިބިފައިވާނަމަ އެތަނެއް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ. އަދި އެ މަސައްކަތް ކުރިން ކޮށްފައިވާ ކުންފުނިން، ހުކުރު މިސްކިތުގައި ބަހައްޓާފައިވާ ސާމާނު ނެގުމާއި ކޮނެފައިވާ ވަޅުތައް ފުރުމުގެ މަސައްކަތް ވެސް ސްޓެލްކޯގެ ހާއްސަ ފަންނީ ޓީމަކުން ކުރިއަށްގެންދާނެއެވެ.

ސްޓެލްކޯއާއި އެކު އެކަމަށް ބޭނުންވާ ތައްޔާރީތައް ވަމުންދާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. ހުކުރު މިސްކިތާއި އެ މިސްކިތުގެ މުންނާރު އާކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަން އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އަދި މީގެއިތުރުން، އެ ސަރަހައްދުގެ އާބާތުރަ ފިލުވުމަކީ މެދުނުކެނޑި ކުރިއަށްދާނެ ކަމެއްކަމަށް އެ ވުޒާރާއިން މައުލޫމާތުދީފައިވެއެވެ.

ހުކުރު މިސްކިތް ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button