ޚަބަރުސިޔާސީ

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ފަސް ކެނޑިޑޭޓަކަށް އީސީއިން ފިޔަވަޅު އަޅަން ނިންމައިފި

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރި އަށް ކެނޑިޑޭޓުންގެ ތެރެއިން ފަސް ފަރާތެއްގެ މާލީ ބަޔާން، ގާނޫނުގައިވާ މިންގަނޑަށް ނުފެތޭ ކަމަށާއި އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބު 2023 ގެ ކެނޑިޑޭޓުންގެ މާލީ ބަޔާން އެ ކޮމިޝަނުން ދިރާސާ ކުރުމަށްފަހު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތޭ ފަސް ކެންޑިޑޭޓުންގެ އިންތިހާބީ އޭޖެންޓުންނަށް ގާނޫނުގައިވާ ގޮތުގެ މަތީން، ފިޔަވަޅު އަޅަން ކޮމިޝަނުން ފާސްކޮށްފައިވާ ކަމަށެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލަކީ، މިދިޔަ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާއިން ފާސްކުރި ބިލުގައިވާ ގޮތުން ކޮންމެ އިންތިހާބަކަށްފަހު، އެ އިންތިހާބެއްގައި ވާދަކުރި ކޮންމެ ކެނޑިޑޭޓެއް، ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިހާބެއް ބާއްވާތާ އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާފައިވަނީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމްއެންޕީގެ ލީޑަރު، މުހައްމަދު ނާޒިމް, ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބް, ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް, އެމްއާރުއެމްގެ ރައީސް ފާރިޝް މައުމޫން, އަމިއްލަ ކެނޑިޑޭޓް އުމަރު ނަސީރު އަދި ހަސަން ޒަމީލެވެ.

މީގެ ތެރެއިން އީސީން ފިޔަވަޅު އަޅާފައިވަނީ:

  1.  އެމްއެންޕީގެ ލީޑަރު، މުހައްމަދު ނާޒިމް،
  2.  ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް،
  3.  އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން،
  4.  އުމަރު ނަސީރު،
  5.  ހަސަން ޒަމީލް، އަށެވެ.

މިއިން ކޮންމެ ކެނޑިޑޭޓެއް 20،000 ރުފިޔާއިން ޖޫރިމަނާކުރުމަށާ މި ކެނޑިޑޭޓުންގެ އެޖެންޓުން 6000 ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމާފައިވާކަމަށް އީސީން ވަނީ ބުނެފައެވެ. އަދި މި ފައިސާ 30 ދުވަހުގެ ތެރޭގައި އެ ކޮމިޝަނަށް ދެއްކުމަށް ވަނީ އަންގާފައެވެ.

One Comment

  1. ރިޔާސީ އިންތިޚާބް ބޭއްވީ ސެޕްޓެމްބަރ 2023 ތިބުނާ އެއްޗެއް ފާސްކުރީ އޮކްޓޯބަރ 2023 ގަ ކީއްވެގެން އެއަށް އަމަލް ކުރެވެންވީ މާފަހުން އެއްޗެއް ކުރިމަތިލާއިރު ހުރިގަވައިދުތަކަށް އަމަލް ކުރަން ޖެހޭނީ

Leave a Reply

Your email address will not be published. Required fields are marked *

Back to top button