ޚަބަރުސިޔާސީ

މަޖިލީހުގެ ވިލިމާލެ ދާއިރާއަށް މުހައްމަދު އިސްމާއިލް ވާދަކުރައްވަނީ

2024ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީން ބާއްވާ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ނިންމައިފިއެވެ.

ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އިސްމާއިލް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލެސިޓީ ވިލިމާލެ ދާއިރާއަށް ވާދަ ކުރެއްވުމަށް ނިންމާފައިވާ ކަމުގައެވެ.

ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރކަންވެސް ކުރައްވަމުން އަންނަ މުހައްމަދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނު މިނިވަންކުރުމަށް ސިޔާސީގޮތުން އެންމެ ވަރުގަދަ މަސައްކަތްތަކެއް ކުރެއްވި އެއް ބޭފުޅެކެވެ. ހާއްސަކޮށް ސުލްހަވެރި މަގުމަތީ ހަރަކާތްތައް ރާވާ އިންތިޒާމު ކުރުމާއި، އިހުތިޖާޖުތަކުގައި އަމަލީގޮތުން އޭނާ ވަނީ ބައިވެރިވެފައެވެ. އަދި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އެތައް ފަހަރެއްގެ މަތިން އޭނާ ޖަލުގައިވެސް ބަންދުކުރިއެވެ. މީގެ އިތުރުން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް، 45 ދުވަސް ވާންދެން ދޫނިދޫ ގޮޅިއެއްގައި ބަންދުކޮށްގެންވެސް ގެންގުޅުނެވެ.

މުހައްމަދަކީ ޕީޕީއެމް/ޕީއެންސީގެ ގިނަ ކަންތައްތަކުގައި އިސްވެ ހުންނަވައި، މީގެކުރިން ވެސް މަޖިލީހުގެ ހޯރަފުށީ ދާއިރާ ތަމްސީލުކުރެއްވި އެދާއިރާގެ ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯއްދަވާފައިވާ ބޭފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button